މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

އިނގުރައިދޫން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން 

         ރ. އިނގުރައިދޫން 1100 - 1400 އަކަފޫޓާއި ދެމެދުގެ 52 (ފަންސާސް ދޭއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައި ވާތީވެ ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު އާއްމުކޮށް ހުޅަވާލައިފީމެވެ.

ގޯއްޗަށް އެދި ހުށަހަޅާ ފޯމު ނެގުމާއި ބަލައިގަތުން:

ފޯމު ދޫކުރުން:     15 ފެބްރުވަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން އާއްމުކޮށް ލިބެން ހުންނާނެއެވެ.

ފޯމު ބަލައިގަތުން:  ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 21 ފެބުރުވަރީ 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 25 މާރިޗް 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރަސްމީކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން 12:00 ށެވެ.

        ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރ. އިނގުރައިދޫ ކައުންސިލްގެ އިދާރާއިންނެވެ. ފޯމު ބަލައިގަތުމުގައި ފެކްސް އާއި، ފޯމުގެ ކޮޕީ ބަލައިގަނެވެން ނެތްވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

ގޯއްޗައް އެދޭމީހުންގެ ކިބައިގައި ހުންނަންވާނެ ޝަރުތުތައް

  1. ދިވެހި ރައްޔިތެއް ކަމުގައިވުން
  2. ޢުމުރުން 18 އަހަރުވެފައިވާ މީހަކަށްވުން.
  3. ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައިނެތުން
  4. އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކުން 600 އަކަފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބަޔެއް ޤަވާޢިދާއި އެއްގޮތްވާ ގޮތުގެމަތިން ދޫކޮށްލުން.
  5. ސަރުކާރުން ހަދައިދީފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު ޢިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި މީހަކަށްދީ ނުވަތަ ވިއްކާފައި ނުވުން.
  6. ރާއްޖޭގެ އެއްވެސް ރަށަކުން މީގެ ކުރިން ލިބިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ލިބިފައިވާ 600 އަކަފޫޓަށްވުރެ ބޮޑުބައެއް ވޭތިވެދިޔަ 2 އަހަރު ދުވަހުގެތެރޭގައި މީހަކަށްދީ ނުވަތަ ވިއްކައިފައި ނުވުން.
  7. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަން 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބިފައި ނެތުން. ނުވަތަ ލިބިފައިވާނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން.
  8. ރާއްޖޭގެ އެއްވެސް ރަށަކުން އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލަކުން ލިބިގެން އެފަދަ ގޯއްޗަކަށް 600 އަކަފޫޓަށްވުރެ ބޮޑުބައެއް ލިބި، އެބިމަކީ ވަކި ޢިމާރާތްކޮށްފައި ނުވަތަ ވަކި ޢިމާރާތް ކުރެވޭގޮތަށް ބައިކުރެވިފައިވާ  ބިމެއްނަމަ އެތަން ކަނޑައެޅިފައިވާ އުޞޫލުން ސަރުކާރަށް ދޫކޮށްލުމަށް އެއްބަސްވުން ( މިގޮތުން ދޫކޮށްލުމަށް އެއްބަސްވާ  ފަރާތްތަކަށް ލިބޭ ގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ތަރިކައިން ލިބިފައިވާ ގޯތި ނުވަތަ ލިބިފައިވާ ބައި ސަރުކާރަށް ދޫކޮށްލުމަށް ޝަރީޢަތުން ނިންމެވުމަށް ފަހުގައެވެ.)
  9. ގޯއްޗައް އެދޭ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި، އެގޯތި 600 އަކަފޫޓަށްވުރެ ބޮޑުނަމަ ގޯތީގެ ވެރިފަރާތުގެ ހުރީ އެންމެ ދަރިއެއްކަމުގައި ނުވުން.
  10. ގޯއްޗަށް އެދިފައިވާ މީހާގެ ބައްޕަގެ ނުވަތަ މަންމަގެ  ނުވަތަ މިދެމީހުންގެ އެއްމެދު ގޯއްޗެއް އޮވެފައި އެގޯތީގެ ބޮޑުމިން 1200 އަކަފޫޓަށްވުރެ ކުޑަނޫންނަމަ އެގޯތިގެ ވެރިފަރާތުގެ ގޯތި ލިބިފައިނުވާ ދުނިޔޭގައި ތިބި ދަރިންގެ ޢަދަދު 2 އަށްވުރެ އިތުރުނުވުން.
  11. ގޯއްޗަށް އެދިފައިވާ މީހާގެ އަނބި ނުވަތަ ފިރި މީހާއަށް 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ލިބިފައި ނެތުން.
  12. ގޯއްޗަށް އެދިފައިވާ މީހުންގެ ބެލުމުގެ ދަށުގައިވާ އުފަންދަރިންނާއި، އެ މީހަކަށް ޝަރުޢީގޮތުން ބަލަން ޖެހިފައިވާ މީހުންގެ އަދަދާއި، ގޯއްޗަށް އެދިފައިވާ މީހާއަށް ކުރިން ގޯއްޗެއް ލިބި، ނުވަތަ އޮވެ، އެ ގޯއްޗަކާމެދު ޢަމަލުކޮށްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށް، އެ މީހަކީ ގޯއްޗަކަށް ބޭނުންވެފައިވާ މީހެއްކަމަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދުގެ 16 ވަނަ މާއްދާގައި ބުނާ ކޮމެޓީއަށް ފެނުން.

ނޯޓް:

-        ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ފޮއިންޓް ލިބޭ މިންވަރަށް ބަލާ ގިނަ ޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުންނެވެ. ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ލިބިގަންނާނެ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. މިގޮތުން ވާހަކަ ދައްކައިގެން ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. އެގޮތަށްވެސް ދެމަފިރިންނަށް އެއްބަސް ނުވެވުނުނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

 

-        ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަލައި އެއްބަޑު އެއްބަފާ ، އެއްބަޑު ، އެއްބަފާ  ދެމީހުންނަށް ވުރެ އިތުރަށް އެއް އާއިލާއަކުން މީހުން ހޮވިއްޖެ ނަމަ އިސްކަން ދޭނީ ޕޮއިންޓްގެ ގޮތުން އެންމެ މަތި ލިބިފައިވާ ކޮންމެވެސް ދެ ފަރާތަކަށެވެ. ނަމަވެސް ޕޮއިންޓްގެ ގޮތުން އެއްއާއިލާއެއްގެ މީހުން އެއްވަރު ވެއްޖެނަމަ ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

ފޯމާއިއެކު ހުށަހަޅަންޖެހޭ ލިއުންތައް

  • ގޯއްޗަށް އެދޭ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ކާޑު ނެތްނަމަ ކާކުކަން އަންގައިދޭ ރަސްމީ ލިއުމެއްގެ ކޮޕީ.
  • ކައިވެނި ކޮށްގެންހުރި މީހެއްނަމަ ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ ނުވަތަ ތާރީޚު އެނގޭނެފަދަ ރަސްމީ ލިއުމެއް، އެއްކައިވެންޏަށްވުރެ ގިނަކައިވެނި ކޮށްފައިވާ މީހެއްނަމަ އެމަޢުލޫމާތު އެގޭނެ ލިއުންތައް، ވަރިކޮށްފައިވާނަމަ ވަރީގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  • ގޯއްޗަށް އެދޭމީހާ ވޭތިވެދިޔަ 5 އަހަރު ދިރިއުޅުނު ތަންތަނުގެ ތަފްޞީލު (ރަށުން ބޭރުގައި ދިރިއުޅުނު ނަމަ ރަށުންބޭރުގައި ދިރިއުޅުނު ސަބަބާއި ބޭނުން ބަޔާންކޮށް) ލިޔެފައިވާ ލިޔުމެއް.
  • އުފަން ދަރިންނާއި، ޝަރުޢީގޮތުން އަދި އެނޫންވެސް ގޮތަކުން ބަލަމުންދާ ކުދިންގެ، އުފަން ދުވަހުގެ ސެޓްފިކެޓް ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އަދި ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު ބަލަމުންދާނަމަ ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްކަން އަންގައިދޭ ލިޔުން ހުށަހަޅަން ވާނެއެވެ.
  • ފޯމު ހުށަހަޅާއިރު ވެރިފަރާތަށް ހާޟިރުވެވެން ނެތްނަމަ ބަދަލުގައި ޙާޒިރުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ކާޑުގެ ނަންބަރު އެނގޭނެފަދަ ރަސްމީ ލިއުމަކާއި ގޯއްޗަށް އެދޭފަރާތުގެ ބަދަލުގައި ހާޒިރުވި މީހެއްކަން އެނގޭފަދަ ސިޓީއެއް ގެންނަންވާނެއެވެ. އަދި ބަދަލުގައި ޙާޒިރުވާ މީހާ ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުތައް އެއްވެސް ބަދަލެއް ގެނެވޭނީ ގޯއްޗަށް އެދޭމީހާގެ ޕަވަރ އޮފް އެޓަރނީ އޮތްނަމައެވެ.

 

ނޯޓް:  ގޯއްޗަށް އެދޭ މީހާގެ ބަދަލުގައި ޙާޒިރުވާ މީހަކީ ގޯއްޗަށް އެދޭފަރާތުގެ މަޢުލޫމާތު ދެވޭވަރުގެ މީހަކަށް ވާންވާނެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމުގެ މަސައްކަތް ގެންދާނެގޮތް

v     ޝަރުތު ފުރިހަމަވާ މީހުން ކަނޑައެޅުން.

v     ޝަރުތު ފުރިހަމަވާ މީހުންނަށް ކަނޑައެޅިފައިވާ މިންގަޑުން ޕޮއިންޓް ދިނުން.

v     ޕޮއިންޓް ލިބިފައިވާ ޢަދަދަށް ބަލައި ގޯއްޗަށް އެދިފައިވާ މީހުން ތަރުތީބުކުރުން.

v     ގޯތި ދޫކުރުމުގެ ޢަދަދަށް މީހުން ނެގުމަށްޓަކައި، އެންމެގިނަ ޕޮއިންޓް ލިބިފައިވާ މީހުން ނަގަމުންގޮސް ޢަދަދު ހަމަކުރުން.

v     ގޯތިލިބޭ މީހުންގެ ލިސްޓަށް ދެމަފިރިން ހޮވިއްޖެނަމަ ގޯތި ލިބޭ ފަރާތެއް ނިންމާނީ އެދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެންނެވެ. މިގޮތުން ވާހަކަ ދައްކައިގެން ގޮތެއް ނުނިމިއްޖެނަމަ ދެމަފިރިންނަށް ލިބޭ ގޯއްޗެއްގެ ގޮތުގައި ކަނޑައަޅާނީއެވެ. އެގޮތަށްވެސް ދެމަފިރިންނަށް އެއްބަސް ނުވެވުނުނަމަ ގޯތި ލިބޭ ފަރާތް ކަނޑައަޅާނީ ކޮމެޓީގެ ޙާޟިރުގައި ދެމަފިރިންގެ މެދުގައި ގުރުއަތު ލައިގެންނެވެ.

v     ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަލައި އެއްބަނޑު އެއްބަފާ ، އެއްބަނޑު ، އެއްބަފާ  ދެމީހުންނަށް ވުރެ އިތުރަށް އެއް އާއިލާއަކުން މީހުން ހޮވިއްޖެ ނަމަ އިސްކަން ދޭނީ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ކޮންމެވެސް ދެ ފަރާތަކަށެވެ. ނަމަވެސް ޕޮއިންޓްގެ ގޮތުން އެއްއާއިލާއެއްގެ މީހުން އެއްވަރު ވެއްޖެނަމަ ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތު ލައިގެންނެވެ.

v     ގޯތި ދޫކުރުމުގެ ޢަދަދު ހަމަކުރުމުގައި އެންމެފަހުން ގޯތިތައް ލިބޭ މީހުން ކަނޑައެޅުމަށް ޕޮއިންޓްގެ ގޮތުން އެއްވަރުވެގެން އެކަކަށްވުރެ ގިނަމީހުން ވާދަކުރާނަމަ، ގޯތި ލިބޭމީހުން ކަނޑައަޅާނީ އެމީހުންގެ މެދުގައި ގުރުއަތުލައިގެންނެވެ.

ނޯޓް: ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމު ތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުތުތައް ހަމަވާ މީހުންނަށް ޕޮއިންޓްދީ، ގޯތިލިބޭމީހުން ކަނޑައަޅާނީ އެރަށަކުން ގޯތި ދިނުމުގެ އަމަލީ މަސައްކަތް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.

 

 

 

 

އިތުރު މަޢުލޫމާތު

  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައި ޙަޤީޤަތާ ޚިލާފު އެއްވެސް މަޢުލޫމާތެއް ދީފައިވާނަމަ ފޯމު ބާޠިލް ކުރެވޭނެއެވެ. އެފަދަ ސަބަބަކާހުރެ ފޯމު ބާޠިލްކުރަންޖެހޭނަމަ ބާޠިލްކުރަންޖެހުނު ސަބަބު ބަޔާންކޮށް ލިޔުމަކުން އެކަން ފޯރމު ހުށަހެޅިފަރާތަށް އެންގޭނެއެވެ.
  • ގޯއްޗަށް އެދި ހުށަހަޅާ ފޯމުގައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށް އެއްވެސް ފަރާތަކަށް ގޯތި ލިބިފައިވަނިކޮށް، ގޯތި ދޫކުރެވިފައިވަނީ ފޯމުގައިހިމަނާފައިވާ ނުބައި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ދެވިފައިވާ ޕޮއިންޓްގެ މައްޗަށް ކަމަށް ސާބިތުވެއްޖެނަމަ، އެގޯތި އެފަރާތެއްގެ ކިބައިން ވަކިކުރެވޭނެއެވެ. ވަކިކުރެވޭއިރު އެބިމުގައި ޢިމާރާތެއް ކޮށްފައިވާނަމަ، އެ ޢިމާރާތަކަށް ބަދަލުދިނުމުގެ ކަންކަން ގެންދާނީ ޝަރީޢަތް މެދުވެރިކޮށެވެ.
  • ގޯއްޗަށް އެދިފައިވާ މީހުންގެ ފޯމުތަކުގައިވާ މަޢުލޫމާތުތައް ޗެކްކޮށް ޝަރުޠުހަމަވާ މީހުންނަށް ޕޮއިންޓްދީ ޕޮއިންޓްލިބޭމީހުން ކަނޑައަޅާނީ އިނގުރައިދޫގެ ބިމުން ގޯތިދިނުމުގެ ޢަމަލީ މަސައްކަތްތައް ކުރުމަށް ހޮވާފައިވާ ކޮމެޓީންނެވެ.
  • ފޯމު ހުށަހަޅާ ފަރާތުގެ ރަށްވެހިކަމާއި ޢުމުރާއި އަދި ކައިވެނީގެ މުއްދަތު ބަލާނީ ފޯމު ބަލައިގަތުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚާ ހަމައަށެވެ.
  • ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހާ ނިޔާވެއްޖެނަމަ އެފަރާތުގެ ފޯމު ބާތިލް ކުރެވޭނެއެވެ.

 

 

         އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް 6580028 ނަންބަރ ފޯނާ ގުޅުއްވާ މަޢުލުމާތު ސާފްކުރެއްވުމަށް އެދި ދެންނެވީމެވެ.

 

މި އިޢުލާނާއި އެކު އާއްމު ކުރެވިފައވާ ލިޔުންތައް

  • ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙްދު ޗާޓު
  • ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް
  • ޕޮއިންޓް ތާވަލް
  • ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރ ގޯއްޗަށް އެދޭ ފޯމު (ހަމައެކަނި ދިވެހި ސަރުކާރުގެ ގެޒެޓްގައި)

 

                މިހެންވެ މިކަން އާންމުކޮށްއެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ފެބުރުވަރީ 2021
ހޯދާ