ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ:

ރަށުކައުންސިލުން ހޯރަފުށީގެ ރައްޔިތުންނާއި ބައްދަލު ކުރުމާއި ގުޅޭ:

            ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ރަށުކައުންސިލުން ރައްޔިތުންނަށް މަޢުލޫމާތު ދިނުމަށްޓަކައި ފެބްރުއަރީ މަހު ބޭއްވުމަށް ލާޒިމްކުރާ ޢާއްމު ބައްދަލުވުން 2021 ފެބުރުއަރީ 26 ވާ ހުކުރު ދުވަހުގެ ރޭ ބާއްވާ ގޮތަށް ރަށުކައުންސިލުންވަނީ ނިންމަވާފައެވެ.

            ވީމާ، ރަށުކައުންސިލުން ރަށުގެ އިއްޒަތްތެރި ރައްޔިތުންނާއި ބައްދަލުކުރުމަށްޓަކައި، ބާއްވާ ޙާއްޞަ ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި ދަޢުވަތު އެރުވީމެވެ. މި ބައްދަލުވުމުގެ އެޖެންޑާ މި އިޢުލާނާއެކު ޢާއްމުކުރެވިފައިވާނެއެވެ.

      ބައްދަލުވުން އޮންނަ ތާރީޚް:     26 ފެބްރުއަރީ 2021 (ހުކުރު)

      ތަން:                 ސެފްރޯން ރެސްޓޯރެންޓް

      ފަށާ ގަޑި:              20:30 (ރޭގަނޑު)

      ނިންމާ ގަޑި:             21:30

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ފެބުރުވަރީ 2021
ހޯދާ