މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކެމެރާ ސިސްޓަމަކާއި އެކަމަށް ބޭނުންވާ ބައެއް ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

ނަމްބަރ:IUL)297/297/2021/8)

 

އިޢުލާން

ވެލިދޫ ކައުންސިލަށް ބޭނުންވާ ސެކިއުރިޓީ ކެމެރާ ސިސްޓަމް ގާއިމްކުރުމަށް ބޭނުންވާ ތަކެތި

ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އަންދާސީ ހިސާބު ބޭނުންވެއްޖެ

ވެލިދޫ ކައުންސިލް އިދާރާގެ ސެކިއުރިޓީ ބެލެހެއްޓުމަށްޓަކައި ކެމެރާ ސިސްޓަމަކާއި އަދި އެކަމަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު:(IUL)297/297/2021/8 އިއުލާނާގުޅިގެން ދެވުނު މައުލޫމާތަށް މުހިންމު ބަދަލުތަކެއް ގެންނަން ޖެހިފައިވާތީ އެއިއުލާން ބާޠިލްކޮށް އަލުން އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

މިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/18) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަމްބަރު2014/19 ) ގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވި އަދި ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ވީމާ މިތަކެތި މިއިދާރާއަށް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 16 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 10:30އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ފެބްރުއަރީ 2021ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްސީލް

ފޯމިއުލާ

އަގު

80%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު

20%

  • މި ބައިގަމާކްސްދެވޭނީ ތަކެތި ގަނެ ފޯރުކޮށްދެވޭނެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

2 ރަޖަބް 1442

14 ފެބްރުއަރީ 2021

14 ފެބުރުވަރީ 2021
ހޯދާ