ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މާލެ އިންޑަސްޓްރިއަލް ޒޯނުން މިކުންފުންޏަށް ލިބިފައިވާ ބިމުގައި ވަށާ ފެންސް ޖަހާދޭނެ ފަރާތެއް ހޯދުމަށް

                                                                                 

                                                        ނަންބަރު: H/IUL/2021/26

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މާލެ އިންޑަސްޓްރިއަލް ޒޯނުން މިކުންފުންޏަށް ލިބިފައިވާ ބިމުގައި ވަށާ ފެންސް ޖަހަން ބޭނުން ވެއެވެ. 

މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުން އެދެމެވެ. 

-  މި މަސައްކަތަށް އަންދާސީހިސާބު ހުށައެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

-  މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅޭނީ މިފަދަ މަސައްކަތްތައްކޮށް  ތަޖުރިބާ ލިބިފައިވާ ފަރާތްތަކައް އެކަންޏެވެ.

މި މަސައްކަތުގެ ޕާރފޯމަންސް ސެކިއުރިޓީ ގޮތުގައި، ހުށަހަޅާ އަގުގެ 15 ޕަސަންޓް ބިޑު ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. 

މިޕްރޮޖެކްޓަށް ހުށަހެޅޭ ޕްރޮޕޯޒަލުތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

އަގަށް: 70 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު ×70

މުއްދަތު: 20 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު ×20

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ. 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2021/26

ބިޑް ހުޅުވުން:ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 2021 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 11:00 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

29 ޖުމާދުލް އާޙިރް 1442     

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.05 ގެ (ހ) އާއި ގުޅިގެން، ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާތިލު ކުރެވޭނެކަމެކެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް[email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.

11.02.2021

11 ފެބުރުވަރީ 2021
ހޯދާ