މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުހެދުމާއިގުޅޭ އަމަލީ މަސައްކަތްތައް ކޯށްދޭނެ ފަރާތެއް ހޯދުން

މި ކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށު މަސްކޫރާގެއާއި ތަނބުރުމާގެއާއި ދޭތެރެއިން ހުޅަނގުން އިރަށް (އާދަމްކަލޭފާނު މަގުން މުޙައްމަދުއަލީ ކޮށިމަގަށް) މަގު ހެދުމަށް ނަގަންޖެހޭ އިމާރާތްތަކާއި ރުއްގަސް ފަދަ ތަކެތި ނަގާ، މަގު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2021 ފެބްރުވަރީ 16 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރުމަށްފަހު، 2021 ފެބްރުވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތަކަށް މައުލޫމާތު ސާފުކުރެވޭނީ އެއްފަރާތައް ކަމުގައި ދެންނެވީމެވެ.

                   މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

                     29 ޖުމާދަލްއާޚިރާ 1442

                  11  ފެބްރުވަރީ  2021

11 ފެބުރުވަރީ 2021
ހޯދާ