މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އެމްޓީސީސީގެ ފެރީ ނިޒާމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން:

އެމްޓީސީސީގެ ފެރީ ނިޒާމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ MTCC-PD/IU/2020/0111 (12 ޖުލައި 2020) ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

 

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލް

ތާރީޚް

ދުވަސް

ވަގުތު

ތަން

މައުލޫމާތު ސާފުކުރުން

17 ފެބްރުއަރީ 2021

ބުދަ

10:00

ފެންނާ ގިމަތަ - ގްރައުންޑް ފުލޯ

އަންދާސީ ހިސާބު ހުށަހެޅުން

24 ފެބްރުއަރީ 2021

ބުދަ

11:00 – 9:00

ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަން

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ފެންނާ ގިމަތައިގެ ގްރައުންޑް ފުލޯއަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑިއަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަންއަށް މަތީގައި ބަޔާންކުރެވިފައިވާ ގަޑީގައެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއް ގައެވެ. މައުލޫމާތު ސާފުކުރެއްވުމަށް އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ޚާޒިރުވެ  ވަޑައިނުގަންނަވާ ފަރާތްތަކަށް މި ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.

10 ފެބުރުވަރީ 2021
ހޯދާ