ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިނިވަން މަސައްކަތްތެރިން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ފަރާތުން ހިންގާ އެކި އެކި މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މުސާރަ އާއި އެހެނިހެން އެލެވަންސް:

  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/100ރ. (ސަތޭކަ ރުފިޔާ) އާއި -/250ރ. (ދުއިސައްތަ ފަންސާސް ރުފިޔާ) ދެމެދުގެ ދުވަހު އެލެވަންސްއެއް ލިބިދެވޭނެ
  • މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި -/175-ރ. (ސަތޭކަ ހަތްދިހަ ފަހެއް ރުފިޔާ)

ފެންވަރު ނުވަތަ ޝަރުތު:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން
  • އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން އަދި މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ސިއްޙަތުގެ ގޮތުން އެކަށީގެންވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުން

މައިގަޑު މަސައްކަތް:

ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމައްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައް

 ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
  3. ފޯމު ހުށަހަޅާ ފަރާތުގެ ވަނަވަރު

އިތުރު މަޢުލޫމާތު:

މަޤާމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ހުށަހަޅަމުން ގެންދިއުމަށް ދަންނަވަމެވެ. އަދި ކުންފުނީގެ ޕްރޮޖެކްޓްތަކަށް މިނިވަން މަސައްކަތްތެރިން ބޭނުންވާ މިންވަރަކުން އިންޓަވިއުތައް ކުރުމަށް ފަހު މަސައްކަތްތެރިން ވަޒީފާއަށް ނަގަމުންގެންދާނެ ކަމުގައި ދެންނެވީމެވެ.

                     28 ޖުމާދަލް އާޚިރު 1442

                     10  ފެބްރުވަރީ  2021                 

10 ފެބުރުވަރީ 2021
ހޯދާ