ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
"ހިޔާ" މަޝްރޫޢުގެ H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީގެ ދާއިމީ ލިސްޓާގުޅޭ

"ހިޔާ" މަޝްރޫޢުގެ H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީގެ ދާއިމީ ލިސްޓާގުޅޭ

"ހިޔާ" މަޝްރޫޢުގެ ދަށުން H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީ، ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން ދިރާސާކުރެއްވުމަށްފަހު، އެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އިޢުލާންކުރަމެވެ.

 

މި އިޢުލާނާއެކު، "ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ކޮމިޓީއިން ބެލިބެލުމުގައި އެ ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓާއި، ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތު ހަމަވެ ފްލެޓް ލިބިފައިނުވާ ފަރާތްތަކުގެ ދާއިމީ ލިސްޓު ޢާންމުކުރެވިފައިވާނެއެވެ. އަދި މި ކެޓަގަރީއަށް ފޯމު ހުށަހެޅުމަށް ޝަރުތުހަމަނުވާ ފަރާތްތަކުގެ (ޝަރުތުހަމަނުވާކަމަށް ކޮމިޓީއަށް ފެންނަ ސަބަބާއެކު) ދާއިމީ ލިސްޓުވެސް މި އިޢުލާނާއެކު ޢާންމުކުރެވިފައިވާނެއެވެ.

 

"ހިޔާ" މަޝްރޫޢުގެ H6 ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާންކޮށް، ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި މި ކެޓަގަރީއިން ޕޮއިންޓް ލިބިފައިވާ ގޮތާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާތަކަށާއި، 30 ޑިސެންބަރު 2020 އިން ފެށިގެން 5 ޖަނަވަރީ 2021 ގެ ނިޔަލަށް މި ކެޓަގަރީގެ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދީފައިވާ މިންގަނޑާ ގުޅޭގޮތުން މި ކޮމިޓީއަށް ލިބިފައިވާ ހުރިހާ ޝަކުވާއަކަށް މިހާރު ވާނީ ލިޔުމުން ޖަވާބުދެވިފައެވެ. މިގޮތުން މި ކެޓަގަރީގެ ދާއިމީ ލިސްޓު އެކުލަވާލެވިފައިމިވަނީ، މި ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ޝަކުވާތަކަށް ރިޢާޔަތްކުރުމަށްފަހުއެވެ.

H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްސަ) ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް މަންމަ އަދި ބައްޕަ، ދެ ފަރާތުންވެސް ފޯމު ހުށަހަޅައި، ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް އެފަރާތަކަށް ކަމުގައި ދަންނަވަމެވެ. މި ކޮމިޓީއިން ދާއިމީ ލިސްޓު އިޢުލާންކުރުމުން، އެ ފަރާތަކަށް ފްލެޓް ހަވާލުކުރެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ފްލެޓް ހަވާލުކުރުމުގެ ޕްރޮސެސްގައި، އިތުރަށް ބަލަންޖެހޭ ކަންކަން ބެއްލެވުމަށްފަހުއެވެ.

މި ކެޓަގަރީގެ ފޯމުތައް، މި ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރެފައިވާ ވަގުތީ ލިސްޓްގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް/ރޯހައުސް/ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، ދާއިމީ ލިސްޓުން އުނިކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ.

09 ފެބުރުވަރީ 2021
ހޯދާ