ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް 2021

ހދ.އަތޮޅު ކައުންސިލުގެ ފަރާތުން މި އަތޮޅުގެ ފިރިހެން އަދި އަންހެން ވޮލީ ޓީމްތަކަށް  އަމާޒުކޮށްގެން ވޮލީ ބޯޅަ މުބާރާތެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށްދާނީ 08 މާރިޗު 2021 އިން ފެށިގެން ހދ. ނޮޅިވަރަންފަރުގައެވެ.

1- މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތައް 11 ފެބުރުވަރީ 2021 ފެށިގެން 23 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހު 14:00 ނިޔަލަށް، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

2- މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމުގެ ސުންގަޑި، 01 މާރިޗު 2021 ވާ ހޯމަ ދުވަހު 14:00 ކުރިން، ޓީމް ލިސްޓްތައް މިއިދާރާގެ ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި އީމެއިލްގެ ޒަރިއްޔާއިން ޓީމް ލިސްޓް ހުށަހަޅާނަމަ؛ [email protected] އަށް މެއިލް ކުރައްވައި ކައުންސިލުގެ 6521633 ގުޅުއްވުން އެދެމެވެ.

3- ވޮލީ މުބާރާތާއި ބެހޭ މައުލޫމާތު ކަރުދާހާއި ފޯމް ހދ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުންނާއި، ހދ. އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓުން؛ www.haadhaal.gov.mv ލިބެންހުންނާނެއެވެ. މުބާރާތާބެހޭ އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާނަމަ މިއިދާރާގެ ފޯން: 6528801 ، 6521633 ގުޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2021
ހޯދާ