ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ހޯދުމާބެހޭ

އިޢުލާން

ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް ހޯދުމާބެހޭ

            ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިން ހިމެނޭ އާއިލާތަކަށް އެހީ ވެދިނުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އިން ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެހެން ކަމުން ތިރީގައި މިދަންނަވާ ފަރާތްތަކުން ފުރުމަށް އާކް އިން ފޮނުއްވާފައިވާ ފޯމް މިއިދާރާއިން ލިބެން ހުރިވާހަކަ ދެންނެވީމެވެ.

            1- ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދިން ހިމެނޭ އާއިލާތައް

            2- އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި އެންސްޕާގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް

            3- ކޮވިޑް-19 ގެ ސަބަބުން ވަޒީފާ ގެއްލިފައިވާ އާއިލާތަކުގެ ތެރެއިން ކާބޯތަކެތީގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތައް

            ވީމާ، 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އެފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

            މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            21 ޖުމާދަލްއާޙިރު 1442

            08 ފެބްރުއަރީ   2021

28 ޖަނަވަރީ 2021
ހޯދާ