ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ އިން ހޯދުމަށް

އިޢުލާން

 

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ

ފެކަލްޓީ އޮފް ހެލްތް ސައެންސަސް  

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗިލަރ އޮފް އޮފް ސޯޝަލް ވާރކު ކޯހުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައި ދެއްވާނެ ޕާރޓްޓައިމް ލެކްޗަރާރ އިން ބޭނުންވެއެވެ.

ބޭނުންވާ މާއްދާތައް:

  1. އިންޓްރޮޑަކްޝަން ޓު ސޯޝަލް ވާރކް
  2. އިންޓްރޮޑަކްޝަން ޓު ސޯޝިއޮލޮޖީ
  3. ސޯޝަލް ވާރކް މެތަޑްސް އެންޑް ސްކިލްސް

ޝަރުތު:

ބެޗެލަރ އޮފް ސޯޝަލް ވާރކު ފުރިހަމަ ކޮށްފައިވުން. ގުޅޭ ދާއިރާއެއްގައި  މަދުވެގެން 1 އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީ އާއި އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީ (ކިޔަވައި ދެއްވަން ބޭނުންވާ މާއްދާ ބަޔާންކޮށް)

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

-       ކުލާސްތައް އޮންނާނީ ކަނޑައެޅޭ ތާވަލާއި އެއްގޮތެށެވެ.  

-       މިމަޤާމްތަކަށް މީހުން ހޮވުމުގައި މާއްދާއާއި ގުޅުންހުރި ދާއިރާއަކުން ކިޔަވާދިނުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މިފެކަލްޓީގެ އީމެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.  

ސުންގަޑު

11 ފެބުރުވަރީ 2021 (ބުރާސްފަތި) ދުވަހުގެ 13:00 ގެ ކުރިން މިފެކަލްޓީގެ އީމެއިލް [email protected] އަށް އެޕްލިކޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

09 ފެބުރުވަރީ 2021
ހޯދާ