މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ހަމަޖެއްސުމަށް ރިޒޯޓެއް ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

 

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޯވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ  ފަތުރުވެރިން އަދި މުވައްޒަފުން މި ރިޒޯޓް ފެސިލިޓީތަކުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.

ވީމާ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ރިޒޯޓް ފެސިލިޓީއެއް ހަމަޖައްސަވައި ހިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މި އިޢުލާނާއި އެއް ކަރުދާސްކުރެވިފައިވާ ލިޔުމާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް ހުށަހެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 22 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 21 ފެބުރުވަރީ 2021 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު 2207 302 (960+)  އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

08 ފެބުރުވަރީ 2021
ހޯދާ