މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
JDS Scholarship / Japan (re announced

JDS Scholarship / Japan (re announced)

މިއީ މިމިނިސްޓްރީގެ ނަންބަރު: (IUL)475-Schol/475/2021/32 (24 ޖެނުވަރީ 2021) އިޢުލާނަށް އެކަށީގެންވާ ޢަދަދަށް އެޕްލިކޭޝަން ހުށަހަޅާފައިނުވާތީ، އަލުން ކުރެވިފައިވާ އިޢުލާނެކެވެ.

 

ޖަޕަނީޒް ގްރާންޓް އެއިޑް (ޖޭޑީއެސް) ގެ ފަރާތުން ވަނީ ދިވެހިރާއްޖެއަށް މާސްޓަރސް ޑިގްރީގެ 6 ސްކޮލަރޝިޕްގެ ފުރުޞަތު ހުޅުވާލާފައެވެ. މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރައްވާނީ ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ.

 

މިސްކޮލަރޝިޕްގެ ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައި މިވާ ލިންކް އިން ލިބެން ހުންނާނެއެވެ.

 https://jds-scholarship.org/country/maldives/apply.html

 

އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 2021 ފެބްރުވަރީ 10 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 8:00 ން 13:30 އަށެވެ.

އެޕްލިކޭޝަން ހުށަހަޅުއްވަންޖެހޭ ތަން: މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން (ފެން ބިލްޑިންގ / 2 ވަނަ ފަންގިފިލާ / އަމީނީ މަގު) 

                                     

ނޯޓް:

* JDS ވެބްސައިޓްގައި މިސްކޮލަރޝިޕާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ތަކެތި ހަމަކުރެއްވުމަށްފަހު، ސިޓީއުރައެއްގައި ބަންދުކުރައްވައި އެޕްލިކޭޝަންގެ 3 ސެޓް ހުށަހެޅުއްވުން އެދެމެވެ. ސިޓީއުރައިގެ ބޭރުގައި ސްކޮލަރޝިޕަށް އެދިވަޑައިގަންނަވާ ބޭފުޅެއްގެ ނަން، އައިޑީ ކާޑު ނަންބަރު، ގުޅޭނެ ނަންބަރު، ސްކޮލަރޝިޕްގެ ނަން އަދި ކޯހުގެ ނަން ލިޔުއްވަންވާނެއެވެ.

* އަދި މިސްކޮލަރޝިޕަށް ހޮވޭ ދަރިވަރުންގެ ކޯހުގެ ހުރިހާ ޚަރަދެއް ސްކޮލަރޝިޕް ދެއްވާ ފަރާތުން ހަމަޖައްސަވައި ދެއްވާނެއެވެ.

08 ފެބުރުވަރީ 2021
ހޯދާ