ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ގއ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

 (IUL)196-C/1/2021/09 :ނަންބަރު                                                                              

                                          އިޢުލާން

 

މި އޮފީހަށް (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް، މިއޮފީހުގެ ގއ.ގޮފި ހިންގަމުންދާ ޢިމާރާތާއި ގޯތިތެރެ ފޮޅާ ސާފުކުރުމާއި ގޮފިން ބަހަންޖެހޭ ސިޓީ ފަދަ ތަކެތި ބަހައިދުމާއި އެހެނިހެން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުމާއި މަޢުލޫމާތު ދިނުން: 15 ފެބުރުވަރީ 2021، 14:00 އަށް
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 21 ފެބުރުވަރީ 2021، 14:00 އަށް

 

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މިއޮފީހުގެ ގއ. ގޮތްޕަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެވެ.

 

ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.

                                    25 ޖުމާދަލްއާޚިރާ 1442

07 ފެބުރުވަރީ 2021
ހޯދާ