މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނަދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށް އެގްޒަމިނަރުން ހޯދުން.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ އިމްތިޙާނު ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. އިމްތިޙާނު އޮންނާނީ މިއިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށްވެސް ކުރެވިދާނެ މަސައްކަތެކެވެ.

މަގާމް:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

08 ފިރިހެން 08 އަންހެން (އަތޮޅުގެ ކޮންމެ ރަށަކުން 2 މީހުން 1އަންހެން އަދި 1ފިރިހެން)

މުއްދަތު:

02 އަހަރު

ޝަރުތު:

  1. ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން، އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  2. ދާއިމީ އެއްގަމު ވެހިކަލް ދުއްވުމުގެ ލައިސަންސް އޮތުން.
  3. ޢުމުރުން 55 އަހަރުން ދަށުގެ މީހުން އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  4. މ. އަތޮޅު ކައުންސިލް އަދި މ.އަތޮޅު އެއްވެސް ރަށެއްގެ ރަށުކައުންސިލްގެ މުވަޒަފަކަށް ނުވުން.
  5. ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން.

އުޖޫރަ:

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދެފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ކޮންމެ ދުއްވުމަކަށް -/15ރ
  • ތިން ފުރޮޅު އަދި ހަތަރު ފުރޮޅުލީ އުޅަނދެއް އިމްތިހާނު ކުރާނަމަ ނަމަ ކޮންމެ ދުއްވުމަކަށް-/25ރ

 

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ
  • ޑްރައިވިންގެ ލައިސަންސް ކޮޕީ
  • 3 މަސްދުވަސް ނުވާ ޕޮލިސް ރިޕޯޓް

   އެގްޒަމިނަރުން ހޮވުމުގައި ދާއިމީ ލައިސެންސްގައިވާ ކެޓަގަރީގެ އަދަދަށާއި، ލައިސެންސްގެ މުއްދަތަށާއި، އަދި ގިނަވަގުތު ރަށުގައި ހުރެވޭ މީހުންނަށް އިސްކަންދެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 ފެބުރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

07 ފެބުރުވަރީ 2021
ހޯދާ