ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް ޑިރެކްޓަރ

 

އިޢުލާނު

މި އިދާރާގެ  (IUL)266-A/266/2021/12 ނަންބަރު އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުމަށް (.)

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-330158

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ކުޅުދުއްފުށި ކައުންސިލް އިދާރާ  (މުނިސިޕަލް ސާރވިސް ސެކްޝަން)

މުސާރަ:

7035 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% (ކޯ އެކަޑަމިކް ޑިސިޕްލިންއަކުން ތަޢުލީމް ހާސިލްކޮށްފައި ވާނަމަ) ނުވަތަ ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި 900 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          މުނިސިޕަލް ސާރވިސް ސެކްޝަންގެ މަސައްކަތްތައް ޑިރެކްޓަރގެ ލަފާގެ މަތިން ރާވައި ހިންގުން

-          ކުޅުދުއްފުށި ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އުސޫލުތަކާއި ޤަވައިދުތައް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި މުނިސިޕަލް ގަވައިދުތަކާއި އުސޫލުތައް ތަންފީޒު ކުރުމަށް ބޭނުންވާ އިދާރީ އަދި އެހެނިހެން އިންތިޒާމްތައް ހަމަޖައްސައި މިފަދަ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން

-          ގޮވަތި ގެދޮރާއި ބޯހިޔާވަހިކަމާ ގުޅޭ އެންމެހާ މަސައްކަތްތައް (އިމާރާތާއި ގޮވަތި ގެދޮރުގެ ރަޖިސްޓްރީ، ސަރީއަތުން ބަހަން އަންގާ ގެތައް ބެހުމަށް ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް) ރާވައި ހިންގުން އަދި މިމަސައްކަތްތަކަށް ބޭނުންވާ ޓެކްނިކަލް ލަފާ ދިނުމާއި މަސައްކަތްތައް ބޭނުންވާ ނިޒާމް އަދި އެސް.އޯ.ޕީތައް އެކުލަވާލައި ތަންފީޒު ކުރުން

-          އެއްބުރިއަށް ވުރެ އުސްކޮށް ކުރެވޭ އިމާރާތްތަކުގެ ކުރެހުން އަދި ޓެކްނިކަލް ޑްރޯއިންތައް ބަލައި ޤާނޫނާއި ޤަވައިދުތަކާއި އެއްގޮތަށް ހުއްދަ ދޫކުރުން އަދި ރަށުގައި އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރެވެނީ ކަނޑައެޅިފައިވާ ޤާނޫނުތަކާ ޤަވައިދުތަކާއި އުސޫލުތަކާ މިންގަޑުތަކާ އެއްގޮތަށް ކަން މޮނިޓަރކޮށް ޔަގީން ކުރުން

-          ރަށުގައި ހިންގާ ޕީ.އެސް.އައި.ޕީ (ހާއްސަކޮށް އުމްރާނީ ތަރައްޤީގެ) ޕްރޮޖެކްޓްތަކާ ގުޅިގެން ހުށައަޅާ ލިޔެކިޔުންތައް ދިރާސާކޮށް މަސައްކަތްތައް ކުރިއަށް ދަނީ ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް ޑްރޯއިންގތަކާއި ޕްލޭންތަކާ އެއްގޮތަށް ކަން ޔަޤީންކޮށް ޕްރޮޖެކްޓްތަކާ ގުޅޭ ޓެކްނިކަލް ލަފާ ކައުންސިލަށް ފޯރުކޮށްދިނުން

-          އާބާދީ، ރަށްވެހިކަމާއި، ވިހެއުން އަދި މަރުވުމާ ގުޅޭ އެންމެހާ ޚިދުމަތްތައް ރާވައި ހިންގުން. މިގޮތުން އުފަންދުވަހުގެ ރަޖިސްޓްރީ ކުރުމާއި ސެޓްފިކެޓް ހެދުން، އައި.ޑީ.ކާޑު ހެދުމުގެ ޚިދުތަމް، ރަށުން ބޭރު ފަރާތްތަކާއި ބިދޭސީން ރަޖިސްޓްރީ ކުރުމާއި ދަފްތަރު ކުރުމުގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން

-          އާންމު އުނދަގުލާއި ގުޅޭ އެންމެހާ ޝަކުވާތަކާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ނިޒާމްތައް އެކުލަވާލައި މިފަދަ މައްސަލަތައް ބަލައި ހައްލުކުރުން

-          އާންމު އިމާރާތްތަކާއި، މިސްކިތް، ގަބުރުސްތާނު، ބަނދަރު، މަސްމާރުކޭޓް، މަގު އަދި ޕާކުފަދަ ތަންތަނާއި އާންމު އެންމެހާ ސަރަހައްދުތައް ބަލަހައްޓައި، ސާފުތަހުރުކަން ޔަގީން ކުރުން އަދި މިފަދަ ތަންތަނަށް ބޭނުންވާ ތަރައްގީ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރުން އަދި މިފަދަ ތަންތަން ބޭނުންކުރުމާއި ގުޅިގެން ހުށައެޅޭ ޝަކުވާތައް ބަލައި މައްސަލަ ހައްލު ކުރުން

-          ކައުންސިލް އަދި މިނިސްޓްރީތަކުގެ އެކި ޕްރޮޖެކްޓްތައް އަދި މަސައްކަތްތަކަށް ބޭނުންވާ ބިންތައް ގަވައިދުތަކާއި ލޭންޑް ޔޫސްޕްލޭންއާ އެއްގޮތައް ދޫކުރުމަށް ކުރަންޖެހޭ ޓެކްނިކަލް ސާރވޭތައް ކުރުމާއި ބިންތައް ދޫކުރުމާއި ގުޅުންހުރި މަސައްކަތްތައް ކުރުން

-          ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ލޭންޑް ޔޫސް ޕްލޭން އަދާހަމަކޮށް ބެލެހެއްޓުމަށް ބޭނުންވާ ޓެކްނިކަލް ސާރވޭތައް ކުރުމާއި ރަށުގެ ބިމާއި އެހެނިހެން ރައުސުލްމާލުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރާނެ ގޮތުގެ ޓެކްނިކަލް ލަފާ ފޯރުކޮށްދިނުން

-          މުނިސިޕަލް ހިދުމަތްތައް ފުޅާކުރުމަށާއި ތަރައްގީ ކުރުމަށް އެކުލަވާލަންޖެހޭ ޕްލޭންތައް އަދި ސިޓީ ޕްލޭންތައް އެކުލަވާލުމާއި މިފަދަ ޕްލޭންތައް ތަންފީޒު ކުރުމަށް ބޭނުންވާ ޓެކްނިކަލް ދިނުމާއި ގުޅުން ހުރި މަސައްކައްތައް ކުރުން

-          ބިންތަކާ މުނިސިޕަލް އެންމެހާ ޚިދުމަތްތަކާއި، ގޮވަތި ގެދޮރު، އިމާރާތްތައް އަދި އާބާދީއާ ގުޅޭ ރިކޯޑް، ދަފްތަރު އަދި ތަފާސް ހިސާބު ބެލެހެއްޓުމަށް ބޭނުންވާ ނިޒާމްތައް ގާއިމްކޮށް އެފަދަ މަސައްކަތްތައް ކުރުން

-          މުނިސިޕަލް ޚިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމަށް ޕްރޮޖެކްޓްތައް އެކުލަވާލުން އަދި މިފަދަ ޕްރޮޖެކްޓްތައް ގުޅުންހުރި ސެކްސަންތަކާއެކު ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ޓެކްނިކަލް މަސައްކަތްތައް ކުރުން

-          ރަށުގެ މަގުތަކުގެ ސްޓްރީޓް ސްކޭޕިންގ މަސައްކަތަށް ބޭނުންވާ ޓެކްނިކަލް ލަފާ ފޯރުކޮށްދިނުމާއި މިކަމަށް ބޭނުންވާ ނިޒާމްތަކާއި ޕްލޭންތައް އެކުލަވާލުން

-          ރަށުގެ މުނިސިޕަލް ޙިދުމަތްތަކާއި އިޖުތިމާއި ހާލަތު މޮނިޓަރކޮށް ވަޒަންކޮށް ރަނގަޅުކުރުމަށް ކުރަން ޓެކްނިކަލް ލަފާ ދިނުމާއި ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

-          އިންތިހާބުތަކާއި، ބޯހިމެނުމާއި ތަފާސް ހިސާބު ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުން

-          މުނިސިޕަލް ސެކްޝަންގެ މުވައްޒަފުން ސުޕަވައިޒް ކުރުމާއި ބޭނުންވާ އެހީތެރިކަމާ އިރުޝާދު ފޯރުކޮށްދިނުން

-          ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕައިވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 

-          ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްޓްރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 

މަޤާމުގެ ޝަރުޠުތައް:

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

  1. 2.      މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލް ކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

ބިޒްނަސް މެނޭޖްމަންޓް

ބިޒްނަސް ސްޓަޑީޒް

ސިވިލް އިންޖިނިއަރިންގ

އިކޮނޮމިކްސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ސޯޝަލް ސައިންސް (ކޯ އެކަޑަމިކް ޑިސިޕްލިން)

އާބަން ސްޓަޑީޒް (ކޯ އެކަޑަމިކް ޑިސިޕްލިން)

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

އާބަން ސްޓަޑީޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި (http://www.csc.gov.mv/download/2249) ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 35% )
  2. މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 15%)
  3. މަސައްކަތު ހުނަރާއި ފެންވަރާއި ޤާބިލްކަމާއި، ސިފަތައް އިންޓަވިއު ޕެނަލްއަށް ސާބިތުކޮށްދޭ މިންވަރު (ކަނޑައެޅިފައިވާ އިންސައްތަ: 50%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 45% (ސާޅީސް ފަހެއް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (14 ފެބްރުއަރީ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށި ކައުންސިލް އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 15 ފެބްރުއަރީ 2021 އާއި 16 މާރޗް 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527104 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

07 ފެބުރުވަރީ 2021
ހޯދާ