މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށްވާގޮތަށްހުރި ގަސްތަކުގެ އޮފިތައް ކޮށުމާއިގުޅޭ

މަޑުއްވަރީ ހެލްތު ސެންޓަރަށް އަލަށް ގެނައި އެމްބިއުލާންސް ދުއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް، ރަށުގެ މަގުތަކާއި ގޯޅިތަކުގައި އިންދާ ހައްދާފައިވާ ގަސްތައް ނެގުމަށާއި، ބޮޑެތި ގަސްތަކުން މަގުމައްޗަށް އެލިފައިހުރި އޮފިތައް ކޮށުމަށް އަންގައި، 2020 ޑިސެންބަރު 17 ވަނަ ދުވަހު މިކައުންސިލުން ނެރުނު ނަންބަރު (IUL)308/2020/73 އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.

މިއެންގުމާއި އެއްގޮތަށް ގިނަ ފަރާތްތަކަކުން ޢަމަލުކޮށް، ގަސްތަކުން މަގުމައްޗަށް އެލިފައިހުރި އޮފިތައް ކޮށާފައިވާކަން ފާހަގަކޮށް، އެފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. އެހެންނަމަވެސް، މިއެންގުމާއި އެއްގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކޮށްފައިނުވާތީ، ރަށުގެ ބައެއް މަގުތަކުގައި އެމްބިއުލާންސް ދުއްވުމަށް ދަތިތަކާއި ކުރިމަތިވާކަމަށް މަޑުއްވަރީ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދެއްވައެވެ.

އެހެންކަމުން، ރަށުގެ މަގުތަކާއި ގޯޅިތަކުގައި އިންދާ ހައްދާފައިވާ ގަސްތައް ނެގުމާއި، މަގުމައްޗަށް އެލިފައިހުރި އޮފިތައް، ބިމުން ފެށިގެން '10 (ދިހަފޫޓް) އާއި ހަމައަށް މައްޗަށް ކޮށުމުގެ މަސައްކަތް، 2021 ފެބުރުވަރީ 6 ވާ ހޮނިހިރު ދުވަހު މިކައުންސިލާއި، މަޑުއްވަރީ ޞިއްޙީ މަރުކަޒާއި، މަޑުއްވަރީ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރަމުންދާނެ ވާހަކަ ދަންނަވަމަވެ. މިމަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުން ނިހާޔަތަށް ބޭނުންވާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 ފެބުރުވަރީ 2021
ހޯދާ