މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ހޯދުމަށް

                                އިޢުލާން

       އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ޢަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއްޖެއެވެ.  މިމަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 

  އަންހެން އެގްޒަމިނަރުން

 

-          ބޭނުންވާ ޢަދަދު: 10

  ޝަރުޠު

-          މަދުވެގެން A0,A1 ގިންތީގެ ލައިސަންސް އޮތުން  

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.

-          ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައިނުވާ އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން

 

  ފިރިހެން އެގްޒަމިނަރުން

 

-          ބޭނުންވާ ޢަދަދު: 20

  ޝަރުޠު

-          މަދުވެގެން A0,A1,B1,B2,C1,C2 ގިންތީގެ ލައިސަންސް އޮތުން.

-          ފާއިތުވި 5 އަހަރުގެ ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.

-          ދޫކުރި ތާރީޚުން ފެށިގެން  މަދުވެގެން 2 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

-          ޢުމުރުން 55 އަހަރު ނުވާ މީހެއްކަމުގައިވުން.

-          މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.

-          ޑްރައިވިންގ ސްކޫލެއްގަ އެއްވެސް ހައިޞިއްޔަތަކުން މަސައްކަތް ކޮށްފައިނުވާ އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން

 

އުޖޫރަ

-          ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ.

-          އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ.

     

         އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވަ ބޭފުޅުން 10 ފެބުރުއަރީ 2021 ވަނަ ދުވަހުގެ 14.00 ގެ ކުރިން ޑްރައިވިންގ ލައިސަންސްގެ ކޮޕީ އަދި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމާއެކު އެގްޒަމިނަރުކަމަށް އެދި [email protected] އަށް  މެއިލް ކޮށްދެއްވުން އެދެމެވެ.

 

              21 ޖުމާދަލްއާޚިރާ  1442

            3 ފެބުރުވަރީ  2021

  

 

 

 

ދިވެހި ސަރުކާރުގެ ގެޒެޓް

 

 

03 ފެބުރުވަރީ 2021
ހޯދާ