އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިކުންފުނީގެ ބޭނުމަށް ރާއްޖޭގެ 13 ރަށެއްގައި ކޯލްޑް ސްޓޯރޭޖް ބެހެއްޓުމަށް ބޭނުންވާތީ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ފެބުރުވަރީ 07 ވަނަ ދުވަހު ހެނދުނު 11:00 އަށް މި އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2021 ފެބުރުވަރީ 11 ވަނަ ދުވަހު ހެނދުނު 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ހ. އޯކިޑް 8 ވަނަ ފަންގިފިލާ، އަމީރުއަހްމަދު މަގު، އަށެވެ.

03 ފެބުރުވަރީ 2021
ހޯދާ