މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
މިލަދުންމަޑުލު ދެކުނުބުރީ (ނ) މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުން

އިޢުލާން


މިލަދުންމަޑުލު ދެކުނުބުރީ (ނ) މަނަދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 132,000 (އެއްލައްކަ ތިރީސް ދެހާސް) އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މިމިނިސްޓްރީއިންވަނީ ނިންމާފައެވެ.

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 18 ފެބުރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޒޫމް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 14 މާރިޗު 2021 ވާ އާދިއްތަ ދުވަހު 10:00 އަށް މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް  އަދި ގުޅޭނެ ނަންބަރެއް އީމެއިލް ކުރެއްވުން އެދެމެވެ.

 

މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 08 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުން ފެށިގެން 10 މާރިޗު 2021 ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު  މިނިސްޓްރީ އޮފް ޓޫރިޒަމް (ވޭލާނާގެ. 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.

 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 10 މާރިޗު 2021 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް [email protected]  އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.

03 ފެބުރުވަރީ 2021
ހޯދާ