ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރގެ (ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް) މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

 02 ފެބުރުވަރީ 2021           

ނަންބަރު

IUL)168-CA/1/2021/8)       

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

މަޤާމު:

ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު 13,650 ރުފިޔާ

 - ލިވިންގ އެލަވަންސް 3000 ރުފިޔާ

 - ސާރވިސް އެލަވަންސް 3500 ރުފިޔާ

 - ފޯނު އެލަވަންސް: 500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. ޤާނޫނީ ދާއިރާއިން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  2. ޤާނޫނީ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

 1- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅުންހުރި ކޮމިޝަނުގެ ނިންމުންތައް ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން

 2- ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް  ތައްޔާރުކުރުމާއި ޝަރީއަތުގެ މަޖިލީހުގައި ކޮމިޝަން ތަމްސީލް ކުރަންޖެހޭ ހާލަތްތަކުގައި ކުރުން

 3- ހެދިފައިވާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި ޤަވައިދުތަކާއި އިދާރީ އުޞޫލުތައް ރިވިއުކުރުމަށްފަހު ކޮމިޝަނުގެ ފަރާތުން ހުށަހަޅާ ކަންކަން ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުން. 

 4- ކޮމިޝަނުގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.

 5- ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީ އަދި ޓެކްނިކަލް ލަފާ ބޭނުންވާ މައްސަލަތަކަށް ޓެކްނިކަލް އަދި ޤާނޫނީ ލަފާދިނުން.

 6- ޤައުމުގެ އިންސާނީ ޙައްޤުތަކުގެ ހާލަތާ ގުޅިގެން ކޮމިޝަނުން ބޭނުންވާ އެންމެހާ ލަފާދިނުން.

 7- ކޮމިޝަނުގެ ޤާނޫނު ރިވިއު ކުރުމާއި، ކޮމިޝަނުގެ ޤަވައިދުތަކާއި، އުޞޫލުތަކާއި އެސްއޯޕީތައް އެކުލަވާލުމާއި ރިވިއު ކުރުމުގެ މަސައްކަތް ކުރުން.

 8- ހެދިފައިވާ އަދި އަލަށް އެކުލަވާލެވޭ ޤާނޫނުތަކާއި ޤަވާއިދުތަކުން ކޮމިޝަނަށް ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއެކު ކޮމިޝަންގެ ލަފާގެ މަތިން އެ މަސައްކަތްތައް ކުރުން.

 9- އިންސާނީ ޙައްޤުތަކާގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުންނާއި، އދ. ގެ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ ދަށުން ދިވެހިރާއްޖެއަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން، ހިއުމަން ރައިޓްސް ކޮމިޝަނުން ކުރުން ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން ކޮމިޝަނުން ކުރަންޖެހޭ އެންމެހާ ކަންކަން ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއެކު ކޮމިޝަނުގެ ލަފަޔާއެކު ކުރުމަށް އަންގާ މަސައްކަތްތައް ކުރުން.

 10- އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ އަދި ސަރަހައްދީ އެކިއެކި މުޢާހަދާތަކާއި އެއްބަސްވުންތަކުގައި، ރާއްޖެ ބައިވެރިވުމުގެއާއި، އެފަދަ މުޢާހަދާތަކާއި އެއްބަސްވުންތައް ރާއްޖޭން ތަޞްދީޤު ކުރުމުގައި، ސަރުކާރަށް ބޭނުންވާ މަޝްވަރާއާއި ލަފާ ކޮމިޝަނުގެ ލަފާގެމަތިން ދިނުމާއި، ހުށަހަޅަންޖެހޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

 11- ހިލޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށްގެންދިޔުން.

 12- ކޮމިޝަނުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތަކާއި އެމްއޯޔޫ ޤާނޫނީ ހަމަތަކާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތް ކުރުން

 13- އެނުއަލް ވަރކްޕްލޭންއާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕާޓްމަންޓްގެ އެކްޓިވިޓީ ޕްލޭން ތައްޔާރުކޮށް، މަސައްކަތްތައް މުވައްޒަފުންނާ ހަވާލުކޮށް، ހަރަކާތްތަކުގައި ޓައިމްލައިން ކަނޑައަޅާ އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން

 14- ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް ރިވިއުކޮށް، މަސައްކަތްތައް ކުރިޔަށްގެންދިޔުމުގައި ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުން.

 15- ޑިޕާޓްމަންޓް އިން ކުރިޔަށް ގެންދާ މަސައްކަތްތައް މޮނިޓަރކޮށް، ރިވިއުކޮށް ބަދަލުގެންނަން ޖެހޭ ކަންކަން ފާހަގަކޮށް، އެބަދަލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިޔުން 

 16- ކުރިޔަށް އޮންނަ އަހަރަށް ޑިޕާޓްމަންޓްގެ އެނުއަލް ވަރކްޕްލޭން އެކުލަވާލުން.

 17- ޑިޕާޓްމަންޓް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ޑިޕާޓްމަންޓް މީޓިންގ މަދުވެގެން ހަފްތާއަކު އެއް ފަހަރު ބޭއްވުން

 18-  ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް މުވައްޒަވުންގެ ޕަރފޯމަންސް ޓާގެޓްސް ކަނޑައަޅައި މިޑް އިޔަރ އަދި އިޔަރ އެންޑް ރިވިއު ހެދުމާއި، ޕަރފޯމަންސް އެޕްރެއިސަލް ތައްޔާރުކޮށް

 19- ޑިޕާޓްމަންޓްއަށް އަލަށް ވައްދާ މުވައްޒަފުންގެ ޕްރޮބޭޝަން ރިވިއު ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތުގައި ހިއުމަން ރިސޯސް ޔުނިޓާ ހިއްސާ ކުރުން

 20- އެނުއަލް ވަރކްޕްލޭންގައި ހިމެނޭ ހަރަކާތްތަކާއި ޑިޕާޓްމަންޓުން ކުރުމަށް ކޮމިޝަނުން ނިންމާ ކަންކަން ހިނގާ ނުހިނގާ މިންވަރު ދެނެގަނެ، އެގްޒެކެޓިވް ބައްދަލުވުން އަދި އެނުއަލް ވަރކްޕްލޭން ރިވިއު ބައްދަލުވުމުގައި ބައިވެރިވެ ހުށަހެޅުން.

 21- ޑިޕާޓްމަންޓްގެ އެޗްއޯޑީގެ ހައިސިއްޔަތުން ބައިވެރިވާން ޖެހޭ ކޮމިޓީތަކާއި ބައްދަލުވުންތަކުގައި ޤަވައިދުން ބައިވެރިވެ، ކުރުމަށް ކަނޑައަޅާ ކަންކަން ކަނޑައެޅިފައިވާ މުއްދަތުގެތެރޭގައި ކުރުން

 22- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި ކޮމިޝަން ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން. 

 23- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

 24- އަދި މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތައްކުރުމާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި

2021 ފެބުރުވަރީ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                 

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.  
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

                   

 

 

 

02 ފެބުރުވަރީ 2021
ހޯދާ