ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޑިރެކްޓަރގެ (ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް) މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު

       

ވަޒީފާގެ ފުރުޞަތު

ތާރީޚް

 

02 ފެބުރުވަރީ 2021            

ނަންބަރު

     IUL)168-CA/1/2021/7)         

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

މަޤާމު:

 ޑިރެކްޓަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

 ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް / ކ. މާލެ

މުސާރައާއި ޢިނާޔަތްތައް:

 - މުސާރަ: މަހަކު 13,650 ރުފިޔާ

 - ލިވިންގ އެލަވަންސް 3000 ރުފިޔާ

 - ސާރވިސް އެލަވަންސް 3500 ރުފިޔާ

 - ފޯނު އެލަވަންސް: 500 ރުފިޔާ

 މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަޑައެޅިފައިވާ އުސޫލުން   އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ރަސްމީ ގަޑި

 ހެނދުނު 8:00 އިން  މެންދުރުފަހު 15:00 އަށް

ޝަރުޠު:

  1. މަސައްކަތާގުޅޭ ދާއިރާއަކުން މާސްޓަރސް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 9 ވަނަ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން، ހިންގުމުގެ އިސް މަގާމެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ތަޢުލީމާއި ތަޖުރިބާއަށް މާކްސް ދިނުމުގައި މެނޭޖްމަންޓް، ފައިނޭންސް، ހިއުމަން ރިސޯސް އަދި އެޑްމިން ފަދަ ދާއިރާތަކަށް އިސްކަންދެވޭނެއެވެ.) ނުވަތަ،
  2. މަސައްކަތާ ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 7 ވަނަ ސަނަދު ޙާޞިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. (ތަޢުލީމާއި ތަޖުރިބާއަށް މާކްސް ދިނުމުގައި މެނޭޖްމަންޓް، ފައިނޭންސް، ހިއުމަން ރިސޯސް އަދި އެޑްމިން ފަދަ ދާއިރާތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު

 1- ކޮމިޝަންގެ ކޯޕަރޭޓް އެފެއާޒް ޑިޕާޓްމަންޓްގެ މަސައްކަތް ރާވާ، މޮނިޓަރކޮށް ހިންގުން.

 2- ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ހިއުމަން ރިސޯސް ޑިވަލޮޕްމަންޓްގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 3- ކޮމިޝަނުގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއި، އެ ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

 4- މުވައްޒަފުންގެ މުސާރަ ދިނުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި އޮފީހުގެ ޚަރަދުތައް ހިނގާ ނުހިނގާގޮތް ބެލުމާއި އަދި އެކަންތައްތަކާ ބެހޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ރާވައި ހިންގުން.

 5- ފައިސާއާ ގުޅޭ ކަންތަކުގަ އާއި އަދި މުވައްޒަފުންނާބެހޭ ކަންތައްތަކުގައި ކޮމިޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދު ދިނުން.

 6- ކޮމިޝަންގެ އަހަރީ ޕްލޭން އަދި ހިއުމަން ރިސޯސް ޕްލޭނާއި ފައިނޭންޝަލް ޕްލޭން އެކުލަވާލައި ތަންފީޒުކުރުން.

 7- ކޮމިޝަނުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް ސެކްރެޓަރީ ޖެނެރަލްއަށް ދޭންޖެހޭ ލަފަޔާއި އެހީތެރިކަން ދިނުން.

 8- އަހަރީ ބަޖެޓް ހެދުމަށް ބޭނުންވާ މަޢޫލޫމާތު ޑިޕާޓްމަންޓްތަކުން ހޯދައި، ކަޑައަޅާފައިވާ ތާރީޚަށް ބަޖެޓް ތައްޔާރުކޮށް ހުށަހަޅަން ޖެހޭ ފަރާތްތަކަށް ހުށަހެޅުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 9- ޑިޕާޓްމަންޓުން ތައްޔާރުކުރަންޖެހޭ ފައިނޭންޝަލް، އެޑްމިނިސްޓްރޭޓިވް އަދި  މުވައްޒަފުންނާބެހޭ ރިޕޯޓްތައް ތައްޔާރުކޮށް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްއަށް ހުށަހެޅުން.

 10- މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކޮމިޝަނުގެ ފައިސާއާއި ބަޖެޓު ހިންގައި ބެލެހެއްޓުމާއި އަދި ފައިސާއާ ބެހޭ ރިކޯރޑްތައް މާލިއްޔަތު ގަވާއިދާ އެއްގޮތަށް ބަލަހައްޓަމުން ގެންދޭތޯ ކަށަވަރުކުރުން.

 11- އެކި ފަރާތްތަކާ ކޮންޓްރެކްޓް އުސޫލުން ޙަވާލު ކުރެވޭ މަސައްކަތްތަކަށް ބޭނުންވާ ލިޔެކިއުންތައް ބަލަހައްޓައި  އެކަން ހިނގާ ނުހިނގާގޮތް ބެލުން.

 12- ކޮމިޝަނުގެ ފައިސާއާއިބެހޭ ކަންކަމުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ހުށަހަޅާ ކަންކަމުގައި ޖަވާބުދާރީވުމާއި، އެކަންތައްތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. އަދި މިފަދަ ކަންކަމާ ގުޅިގެން ރަގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުން.

 13- ކޮމިޝަނުގެ ޚަރަދުތައް ހިނގާނުހިނގާގޮތް ބެލުމާއި، ޚަރަދުތައް ބޮޑުވަމުންދާ ނަމަ އެކަންތައްތަކާ ގުޅިގެން  އަޅަންޖެހޭ ފިޔަވަޅުތައް ސެކްރެޓަރީ ޖެނެރަލްގެ ލަފާގެ މަތިން އެޅުން.

 14- ޕްރޮކިއޮމަންޓާއި ބިޑް ކޮމިޓީގެ އެންމެހައި މަސައްކަތްތައް ހިންގައި ސުޕަވައިޒްކޮށް ބެލެހެއްޓުން.

 15- ކޮމިޝަނުގެ އަހަރީ ރިޕޯޓާއި މާލީ ބަޔާން ތައްޔާރުކޮށް ފޮނުވުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.

 16- ކޮމިޝަނުގެ މަސައްކަތަށް ބޭނުންވާ ހިއުމަން ރިސޯސް އަދި ފައިސާ އެކަށީގެންވާ ގޮތެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމާއި، މިފަދަކަންތައްތަކާ ގުޅޭގޮތުން ދިމާވާ ތަފާތު އެކި މައްސަލަތަކުގައި ކޮމިޝަނަށް ލަފާދިނުން.

 17- ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތްތައް އިވެލުއޭޓްކުރުން.

 18- ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ބިލްތަކަށް ގަވާއިދުން ފައިސާ ދައްކަމުން ދޭތޯ ކަށަވަރުކުރުން.

 19- ކޮމިޝަނުގެ އިންޓާނަލް އޮޑިޓެއް ކޮންމެ 2 އަހަރަކުން ހަދައި ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައި  ހުށަހެޅުން.

 20- ކޮންމެ އަހަރަކު އެއްފަހަރު ހިއުމަން ރިސޯސް މެނޭޖްމަންޓް އިވެލުއޭޝަނެއް ހަދައި، ކޮމިޝަނަށް ހުށަހެޅުން.

 21- ކޮމިޝަނުގެ މުވައްޒަފުންގެ ކެޕޭސިޓީ އެސެސްމަންޓެއް ކޮންމެ 3 އަހަރަކުން ހަދައި ކޮމިޝަނުގެ މެންބަރުންގެ ބައްދަލުވުމެއްގައި ހުށަހެޅުން.

 22- ހުރިހާ ޑިޕާޓްމަންޓްތަކުގެ ފްލޯ ޗާޓް ހެދުމާއި ޑިޕާޓްމަންޓްތަކުގެ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރ އެކުލަވާލުން.

 23- ކޮމިޝަނުގެ މަގާމުތަކުގެ އޮނިގަނޑު އަދި މުސާރައިގެ އޮނިގަނޑު ކޮންމެ 5 އަހަރަކުން 1 ފަހަރު ރިވިއުކުރުން.

 24- ކޮމިޝަނުން ބޭނުންވެއްޖެ ހާލަތެއްގައި ކޮމިޝަނުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.

 25- މިނޫންވެސް ކޮމިޝަނުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. މަޤާމުގެ ޝަރުޠުތަކުގެ ތެރޭގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ހުށަހަޅާ ސެޓްފިކެޓަކީ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއްނަމަ، ހުށަހަޅަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށް، އެޓެސްޓް ކޮށްފައިވާ ކޮޕީއެކެވެ).
  3. ސެޓްފިކެޓް ނުލިބި ވާނަމަ ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އަސްލާއެއްގޮތް ކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން.

ސުންގަޑި

2021 ފެބުރުވަރީ 15 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން                

އެހެނިހެން

  1. މިމަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ  މަސައްކަތު ފެންވަރަށް ބަލައި ކޮމިޝަނުންނެވެ.
  2. ސާރވިސް އެލަވަންސްއާއި ލިވިންގ އެލަވަންސް ލިބޭނީ ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމަށް ކޮމިޝަނުން ނިންމައިފިނަމަ ވަޒީފާ ދާއިމީ ކުރާ ތާރީޚުން ފެށިގެންނެވެ.
  3. މި މަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.
  4. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. މިމަޤާމަށް 10 ފަރާތަށް ވުރެން އިތުރަށް ކުރިމަތިލައްވައިފިނަމަ ޝޯޓް ލިސްޓް ކުރުމަށް ފުރަތަމަ ދެވޭނީ ތިއަރީ ޓެސްޓެކެވެ. އިންޓަވިއުއަށް ދެންނެވޭނީ ތިއަރީ ޓެސްޓްގެ ނަތީޖާއާއި ތަޢުލީމީ ފެންވަރަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަށެވެ.
  5. މި މަޤާމަށް 10 ފަރާތަށްވުރެ މަދުން ކުރިމަތިލައިފިނަމަ، ތިއަރީ ޓެސްޓް ދޭނީ އިންޓަރވިއު އޮންނަ ދުވަހު، އިންޓަވިއުގެ ފަހުންނެވެ.
  6. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދޭ ތިޔަރީ ޓެސްޓް އޮންނާނީ ކޮމިޝަނުގެ މައި އިދާރާ (މއ. އުތުރު ވެހި، 5 ވަނަ ފަންގިފިލާ) ގައެވެ.
  7. ތިޔަރީ ޓެސްޓަށް ނުވަތަ އިންޓަވިއުއަށް ވަޑައިގަތުމަށް ކޮމިޝަނުން އަންގާ ދުވަހަށް އެއްވެސް ސަބަބަކާހުރެ ކެނޑިޑޭޓަކަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން ޓެސްޓް ނުވަތަ އިންޓަވިއު ނުދެވޭނެ އެވެ.
  8. ކޮމިޝަނުގެ ވަޒީފާތަކަށް ކުރިމަތިލެވޭނީ ހަގުވެގެން މީލާދީ ގޮތުން ޢުމުރުން 18 (އަށާރަ) އަހަރު ފުރި 55 (ފަންސާސް ފަހެއް) އަހަރު ނުފުރޭ ދިވެހިންނަށެވެ.
  9. ކޮމިޝަނުގެ ވަޒީފާއަކަށް ކޮމިޝަނުގެ މެމްބަރެއްގެ ނުވަތަ ކޮމިޝަނުގެ މުވައްޒަފެއްގެ މަންމަ، ބައްޕަ، ދަރި، ފިރިމީހާ، އަނބިމީހާ، އެއްބަނޑު އެއްބަފާމީހެއް، އެއްބަފާމީހެއް، ނުވަތަ އެއްބަނޑު މީހަކަށް ކުރިމަތި ނުލެވޭނެއެވެ.
  10. މި މަޤާމަށް ހޮވޭ ފަރާތަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތެއްނަމަ މަޤާމަށް ހޮވުމުން ޕާޓީގެ ރަޖިސްޓްރީއިން ވަކިވާންވާނެއެވެ.
  11. އެޕްލިކޭޝަން ފޯމު ކޮމިޝަންގެ ވެބްސައިޓް އަދި ކައުންޓަރުން ލިބެން ހުންނާނެއެވެ.
  12. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3003143 ނުވަތަ 3003149 އަށެވެ.  
  13. އެޕްލިކޭޝަން ފޯމު އީމެއިލް ކުރައްވާނަމަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
       

                   

 

 

02 ފެބުރުވަރީ 2021
ހޯދާ