އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން ނަންބަރު: AS/IUL/2021/004

މަޤާމް: މަސައްކަތު

ސެކްޝަން: އެޑްމިން އެންޑް ޕްރޮކިއުމެންޓް

 

މަޤާމުގެ ޝަރުތު:

  1. އިންޓަރވިއުއިން ފާސްވުން ނުވަތަ، ދިވެހި ބަހުން ލިޔެފައި ހުންނަ އެއްޗެތި ލިޔަން އަދި ކިޔަން އެނގޭ މީހެއްކަމުގައިވުން
  2. ވޭތުވެދިޔަ 05 އަހަރު ޖިނާއީ އެއްވެސް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ނުވަތަ އެފަދަ ކުށެއްގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. މުވައްޒަފުންނަށް ބޭނުންވާ ހެނދުނުގެ ސައި ތައްޔާރުކުރުމާއި ސައި ކޮޓަރި ސާފުކޮށް ބެލެހެއްޓުން
  2. ޖަލްސާ ބާއްވާ ކޮޓަރި އަދި އިސްވެރިންގެ ކެބިން ސާފުކޮށް ބެލެހެއްޓުން
  3. ކުންފުނީގެ ޑިރެކްޓަރުންގެ ޖަލްސާ، މެނޭޖްމަންޓްގެ ބައްދަލުވުންތައް އަދިވެސް އެހެނިހެން ބާއްވާ ބޮޑެތި ބައްދަލުވުންތަކުގައި ބައިވެރިވާ ފަރާތްތަކަށް ސައި/ ފިނި ބުއިން ގެންގޮސްދިނުން
  4. އޮފީސްތެރެ ފޮޅައި ސާފުކުރުމާއި، ސާފުކުރުމާ ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން
  5. ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން

 

މުސާރައާއި އިނާޔަތް :

- އަސާސީ މުސާރަ: -/3200 ރުފިޔާ

- ލިވިންގ އެލަވަންސް: -/3000 ރުފިޔާ (ޕްރޮބޭޝަންގެ 3 މަސްދުވަހުގެ މުއްދަތު ހަމަވުމުން ދެވޭނެ)

- އެޓެންޑަންސް އެލަވަންސް: -/1120 ރުފިޔާ

 

ކުރިމަތިލުމުގެ ސުންގަޑި: 08 ފެބުރުވަރީ 2021 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން

 

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ސީވީ
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ

 

ވަޒީފާއަށް  އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

https://aasandha.mv/dv/downloads/job-application-forms

 

ޚާއްޞަ ސަމާލުކަމަށް:

- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

 

އިތުރު މަޢުލޫމާތު:

- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

01 ފެބުރުވަރީ 2021
ހޯދާ