އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ނޫސް ބަޔާން

(PR)203-AS/1/2021/2 ނަންބަރު

 

 ނޫސް ބަޔާން 

 

ރާއްޖޭން ބޭރުން އަންނަ ސަބްމެރިންތަކާއި ޔޮޓްތަކާއި ކުރޫޒްތަކާއި މިފަދަ އުޅަނދުތަކުގައި ފަތުރުވެރިކަމުގެ ބޭނުމުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުން،ދިވެހިރާއްޖޭގެ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު 93/4 ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުތަކަށް ޤަވާއިދާއި ޚިލާފަށް ވަންނަމުންދާތީ އެސަރަޙައްދުގެ ވެއްޓާއި ދިރުންތަކަށް ގެއްލުން ލިބޭކަން މިއޭޖެންސީއަށް ވަނީ ފާހަގަ ކުރެވިފައެވެ. މި ސަރަޙައްދުތައް ޙިމާޔަތްކުރެވިފައިވަނީ އެސަރަޙައްދުތަކުގެ ދިރުންތަކާއި މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. މިސަރަޙައްދުތަކަށް ވަދެ ނިކުމެ އުޅުމާއި ބޭނުންކުރުމުގެ ވަކި މިންގަނޑުތަކެއް ވަނީ ޙިމާޔަތްކުރުމާއި ގުޅިގެން ކަނޑައަޅާ އިއްލާންކުރެވިފައެވެ. ވީމާ، މިސަރަޙައްދުތަކަށް ވަނުމުގެ ކުރިން މިއޭޖެންސީން ހޯދަށްޖެހޭ ހުއްދަތަށް ހޯދުމާއި މި މިންގަނޑުތަކާއި ޢުސޫލްތަކާއި އެއްގޮތްވާގޮތުގެ މަތިން ޢަމަލްކުރުމަށް  ލޯކަލްއޭޖެންޓުންނާއި ޓުއަރ އޮޕްރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިއޭޖެންސީން އިލްތިމާސް ކުރަމެވެ.

 

                               28 ޖަނަވަރީ 2021

                               15 ޖުމާދަލްއާޚިރު 1442

 

 

 

 

28 ޖަނަވަރީ 2021
ހޯދާ