މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Russian Government Scholarship 2021/2022

  Russian Government Scholarship 2021/2022

ރަޝިއާ

 

ޤައުމު:

 

ކޯހުގެ ދާއިރާ ތަކުގެ މަޢުލޫމާތު https://education-in-russia.com  އިން ލިބެންހުންނާނެއެވެ.

ކޯހުގެ ދާއިރާ:

2 ފުރުޞަތު

 

ކޯހުގެ ޢަދަދު:

 

ބެޗްލަރސް ޑިގްރީ/ މާސްޓަރސް ޑިގްރީ

 

ލެވެލް:

 

ބެޗުލަރސް ޑިގްރީ

1. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އެސް.އެސް.ސީ އިމްތިޙާނުގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން.(މި މާއްދާ ތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ)

2. ޖީ.ސީ.އީ އޭ ލެވެލް 03 މާއްދާއިން "އީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކުރައްވާފައިވުން. (މި މާއްދާ ތަކުގެ ތެރޭގައި ކިޔަވަން ބޭނުންވާ ދާއިރާއާ ގުޅޭ މާއްދާތައް ހިމަނަންވާނެއެވެ). 

3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. 

ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް

ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި

ނ. TOEFL 550 އިން ފެށިގެން މަތި.

ރ. ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް.

4. އެމް.ބީ.ބީ.އެސް އަށް ކުރިމަތިލާ ކެންޑިޑޭޓުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ކަނޑައަޅާފައިވާ  ޝަރުތުތައް ފުރިހަމަވުން.

5. ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

މާސްޓަރސް 

1.ހުށަހަޅުއްވާ ކޯހަކާއި ގުޅޭ ދާއިރާ އަކުން ބެޗްލަރސް ޑިގްރީ ޙާސިލް ކޮށްފައިވުން.

2.ހުށަހަޅުއްވާ ޔުނިވަރސީޓީން ކޯހާއިގުޅިގެން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ފުރިހަމަވެފައިވުން.

 

 އެދިވަޑައިގަންނަވާ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:

1. ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގެންފައިވާނަމަ އެންމެ ފަހުގެ އެހީއަށްފަހު،  މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވުން.

ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 އަހަރު

ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 އަހަރު

ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 އަހަރު

2. މި މިނިސްޓްރީ ނުވަތަ ޑިޕާޓްމެންޓް އޮފް ހަޔަރ އެޑިއުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ އެ ލޯނެއް އަނބުރާ ދައްކަވައި ޚަލާސްކުރައްވާފައިވުން.

3. އެދިވަޑައިގަންނަވާ ކޯހަކީ މިހާރު ފުރިހަމަކުރައްވާފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދިވަޑައިގަންނަވާ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރައްވަމުންދާ ދަރިވަރެއް ކަމުގައިވެސް ނުވުން

ކޯހުގެ ޝަރުތު:

ފުރިހަމަކުރައްވާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅުއްވަން ޖެހޭތަކެތި.

1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް)

3. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4. ޕާސްޕޯޓް ކޮޕީ

5. އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ އުފަންދުވަހުގެ ސެޓުފިކެޓުގެ ކޮޕީ

6. މެޑިކަލް ސެޓްފިކެޓް ( އެޗް.އައިވީ ވައިރަސް ނެތްކަން އަދި ޢާއްމު ސިއްޙީ ހާލަތު)

7. ކޯހަށް އެދޭ ޔުނިވަރސިޓީގެ ވެބްސައިޓުގައި ކޯހާއި ގުޅޭގޮތުން އިތުރު ޝަރުތެއްވާނަމަ އެޝަރުތު ހަމަވާކަން ސާބިތުކޮށްދިނުމަށްޓަކައި، އެއާގުޅޭ ލިޔުން

8. ތަޢުލީމް ހާސިލުކުރައްވަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިވަޑައިގަތްނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރެއްވުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކުރައްވާފައިވާކަން އަންގައިދޭ ރަސްމީ ލިޔުން.

9. މިހާރު ހާސިލުކުރައްވާފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލުކުރުމަށްފަހުން ދިވެހިރާއްޖެއަށް ޚިދުމަތްކުރައްވާފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް

10. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެބޭފުޅަކު މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން.

ހުށަހަޅަންޖެހޭ ތަކެތި

 

 

- މި ސްކޮލަރޝިޕާއި ގުޅޭ މަޢުލޫމާތު  https://education-in-russia.com  އިން ލިބެން ހުންނާނެއެވެ.

- މި ސްކޮލަރޝިޕަށް ހޮވޭ ކެނޑިޑޭޓުގެ ކޯސްފީ ފިޔަވައި އެހެން ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ.

- މި ސްކީމްގެ ދަށުން ހަމަޖެހޭ ކޯސްތަކުގައި ކިޔަވަން ހަމަޖެހިފައިވަނީ ރަޝިއާ ބަހުންނެވެ. އަދި ކޯސް ފެށުމުގެ ކުރިން ރަޝިއާ ބަސް 1 އަހަރު މުއްދަތައް ކިޔެވުމުގެ ފުރުޞަތު ދަރިވަރަށް ލިބޭނެއެވެ.

- މި ސްކޮލަރޝިޕަށް ނޮމިނޭޓްކުރާ ދަރިވަރުން އޮންލައިންކޮށް އެޕްލިކޭޝަން ހުށައެޅުމަށް މި މިނިސްޓްރީން އަންގާނެއެވެ.

- އެޕްލިކޭޝަން ހުށަހަޅާ ކޯހާއި، ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމް.ކިއު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ކޯހެއްތޯ ކަށަވަރު ކުރައްވަންވާނެއެވެ.

- މި އިޢުލާނާއި ގުޅިގެން ކޯހަށް ހުށަހަޅުއްވާ ކޮންމެ ކެނޑިޑޭޓަކުވެސް ހުށަހަޅުއްވަންވާނީ އެންމެ ކޯހަކަށެވެ.

- ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައި ނުވަތަ ސްކޮލަރޝިޕަކަށް ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ.

- މި ސްކޮލަރޝިޕް ސްކީމްއިން ދަރިވަރުން ނޮމިނޭޓް ކުރާނީ އެކަޑަމިކް މެރިޓަށް ޕޮއިންޓްދީގެން އެންމެ މަތިން ޕޮއިންޓް ލިބޭ ތަރުތީބުންނެވެ. ތަފްޞީލު މި މިނިސްޓްރީގެ ވެބްސައިޓްގައި ހުންނާނެއެވެ.

- ބެޗްލަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެނޑިޑޭޓުންގެ ތެރެއިން، އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓަކު ހޮވުމުގައި ބައިވެރިވެފައިވާ ހުރިހާ މާއްދާތަކަށް (އެޗް.އެސް.ސީ އިމްތިހާނުގެ އިސްލާމް އަދި ދިވެހި ހިމެނޭގޮތަށް) ބެލެވޭނެއެވެ.

- މާސްޓަރސް ޑިގްރީ ކޯސްތަކަށް ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ޕޮއިންޓްގެ ގޮތުން އެއްވަރުވާނަމަ، ކެންޑިޑޭޓު ހޮވުމުގައި ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތަށް ބެލެވޭނެއެވެ.

- ހުށަހަޅުއްވާ ޓްރާންސްކްރިޕްޓްގެ ގްރޭޑިންގ ކުރައިޓީރިއާ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އުސޫލާ ތަފާތުނަމަ، އެތަނެއްގެ ގްރޭޑިންގ ކުރައިޓީރިއާ ހުށަހަޅުއްވަންވާނެއެވެ. ނޫންނަމަ، ޕޮއިންޓް ދޭނީ މި މިނިސްޓްރީން ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ އާންމު އުސޫލުންނެވެ.

- އެދިވަޑައިގަންނަވާ ކޯހުގެ ޝަރުތު ފުރިހަމަވުމަށް ބޭނުންވަނީ އެހެން ކޯހަކުން ކުރެޑިޓް ލިބިގެން ހޯއްދަވާފައިވާ ސަނަދެއްނަމަ، އެ ހުރިހާ ކޯހެއްގެ ޓްރާންސްކްރިޕްޓް ހުށަހަޅުއްވަންވާނެއެވެ.

- ހުށަހަޅުއްވާ މަތީ ތަޢުލީމުގެ އެއްވެސް ސެޓުފިކެޓަކީ ރާއްޖޭން ބޭރުގެ ސެޓްފިކެޓެއް ނަމަ، އޮންނަންވާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ވެލިޑޭޓް ކުރައްވާފައެވެ. އަދި ކިޔެވި ޔުނިވަރސިޓީން ސެޓްފިކެޓް ދޭ ދުވަސް ޖެހުމުގެ ކުރިން ބޭނުން ކުރެއްވުމަށް ދޫކޮށްފައިވާ ޕްރޮވިޝަނަލް ސެޓްފިކެޓެއް/ ލިޔުމެއް ނަމަ، އެއާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓެއް ހުށަހަޅުއްވަންވާނެއެވެ.

- މި މިނިސްޓްރީން ކެންޑިޑޭޓުން ނޮމިނޭޓް ކުރި ނަމަވެސް ސްކޮލަރޝިޕް ދެއްވާ ފަރާތުން ސްކޮލަރޝިޕް ކެންސަލްކޮށްފިނަމަ އޭގެ ބަދަލުގައި އެހެން ފުރުޞަތެއް އެ ކެންޑިޑޭޓަކަށް ހޯދައެއްނުދެވޭނެއެވެ.

- ކޯހަށް ހޮވޭ ފަރާތްތަކާއި މި މިނިސްޓްރީއާއިމެދު ވެވޭ އިގުރާރާއި އެއްގޮތަށް ދިވެހިރާއްޖެއަށް ޚިދުމަތްކުރަންވާނެއެވެ.

- ކޯހަކަށް އެދި ހުށަހެޅުއްވުމަށްފަހު، މަދުވެގެން 6 މަސްދުވަސް ވަންދެން މި މިނިސްޓްރީން ގުޅަން ބޭނުންވެއްޖެ ހިނދެއްގައި ގުޅޭނެގޮތް ހަމަޖައްސަވާފައި އޮންނަންވާނެއެވެ.

- ކޯހަށް ނޮމިނޭޓްވެއްޖެކަން މި މިނިސްޓްރީން އަންގާތާ 48 ގަޑިއިރު ފަހުން ކޯސް ދޫކޮށްލައިފިނަމަ، މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ލިބޭ ފުރުޞަތުގެ ބޭނުން ނުހިފައި ދޫކޮށްލާ ފަރާތްތަކާ މެދުގައްޔާއި ޚިދުމަތް ނުކުރާ ފަރާތްތަކާމެދު ޢަމަލުކުރާނެ ގޮތުގެ އުޞޫލު  ގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެއެވެ.

- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ އެއްވެސް ލިޔުމެއްގެ އަސްލުގައި ދެފުށް ޗާޕްކޮށްފައިވާނަމަ، އަސްލާއެއްގޮތަށް ދެފުށުގެ ކޮޕީވެސް ހުށަހަޅުއްވަންވާނެއެވެ.

- "މައިއެޑިޔު" ޕޯޓަލް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހަޅުއްވާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން އޮންލައިން އެޕްލިކޭޝަންއާއިއެކު ހުށަހެޅުއްވި ލިޔުންތަކުގެ އަސްލު ނުވަތަ އެޓެސްޓެޑް އަސްލު ހުށަހަޅުއްވަން މި މިނިސްޓްރީން ފަހުން ދެންނެވުމުން އަވަހަށް ފޮނުއްވެވޭގޮތަށް ތައްޔާރު ކުރައްވާފައި ބެހެއްޓެވުން އެދެމެވެ.

- އެޕްލިކޭޝަންތަކުގެ ނަތީޖާ ލިސްޓު، މި މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކުރެވޭނެއެވެ.

- ސްކޮލަރޝިޕްތަކަށް އެދިވަޑައިގަންނަވާ ކެންޑިޑޭޓުންނަށް މުހިއްމު މަޢުލޫމާތު ކަމުގައިވާ ކޯސްތަކަށް ކެންޑިޑޭޓުން ހޮވުމަށް ޕޮއިންޓްދޭ ގްރޭޑިން ކްރައިޓީރިއާއި،  ނޭޝަނަލް ޓްރެއިނިންގް ނީޑްސް ލިސްޓާއި، ސްޓައިޕެންޑް ޝީޓާއި، އަދިވެސް އެފަދަ ލިޔުންތައް މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

ސުންގަޑި: 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން

އެޕްލިކޭޝަން ހުށަހަޅުއްވާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ.

އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި 3026947 /3026966  ނަންބަރު ފޯނުން ލިބިވަޑައިގަންނަވާނެއެވެ.

28 ޖަނަވަރީ 2021
ހޯދާ