ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ

އިޢުލާން

ކޮވިޑް-19 އިން ރައްކާތެރިވުމާ ގުޅޭ

            މާލެއާއި، ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި ކޮވިޑް-19 ފެތުރެމުންދާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ތިރީގައި މިދަންނަވާ ކަންތައްތަކަށް ސަމާލުކަން ދެއްވުމަށް އެންމެހާރައްޔިތުންނަށް އިލްތިމާސް ކުރަމެވެ.

  1. ކަރަންޓީނުގައި ތިބެންޖެހޭ ހާލަތްތަކުގައި، އެފަދަ މީހުން ކަރަންޓީނުގެ މުއަދަތު ހަމަވެ ހަދާޓެސްޓްގެ ނަތީޖާ ލިބެންދެން އެހެން މީހުންނާ ކޮންޓެކްޓް ނުވެ އަދި ބޭރުތެރެއަށްވެސް ނުނިކުތުން.
  2. ކޮވިޑްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި އެންމެންވެސް ގައިދުރުކަން ބަހައްޓާ، އަދި އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުން ވީހާވެސް ބޮޑަށް ގައިދުރުކަން ބެހެއްޓުމާއެކު މާސްކް އަޅައިގެން ތިބުމަށް ސަމާލުކަން ދިނުން.
  3. ޢާއްމު އެއްވުންތަށް ވީވަރަކުން މަދުކުރުމާއެކު، ކޮންމެހެން އެވުމެއް ބާއްވަން ޖެހިއްޖެ ނަމަވެސް ގައިދުރުކަން ބަހައްޓާ، އެޗް.ޕީ.އޭ ގެ ގައިޑްލައިނާއި އެއްގޮތަށް ކަންތައްތައް ކުރުން.
  4. ގިނަގިނައިން އަތްދޮވުމާއި އެކު، ސާފުތާހިރުކަމަށް ސަމާލުކަންދީ ބޭރުގައި އުޅޭ ވަގުތުތަކުގައި މާސް އެޅުން.
  5. މިދުވަސްވަރު އެއްވުންތަށް ބާއްވަންޖެހޭ ކުޅިވަރުތަކާއި އެހެނހެން ހަރަކާތްތަށް ކްލަބް ޖަމުޢިއްޔާތަކުން ވެސް އިންތިޒާމު ނުކުރުމަށާއި، ކޮންމެހެން އެފަދަ ހަރަކާތެއް ބާއްވަން ޖެހިއްޖެނަމަ އެޗް.ޕީ.އޭ ގައިޑްލައިނާއި އެއްގޮތަށް އެހަރަކާތެއް ކުރިއަށް ގެންދިއުން.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

28 ޖަނަވަރީ 2021
ހޯދާ