ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އަހަރީ އާންމު ޖަލްސާ 2021

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ 2021 އަހަރުގެ އަހަރީ އާންމު ޖަލްސާ 27 ފެބްރުއަރީ 2021 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެންމެހާ މެންބަރުންގެ މައުލޫމާތަށްޓަކައި 2021 ވަނަ އަހަރުގެ އޭ.ޖީ.އެމް ބޭއްވޭނެ ދުވަސް އާންމުކޮށް އިޢުލާން ކުރަމެވެ.  ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޤަވާއިދުގައިވާ ގޮތުގެ މަތިން މިޖަލްސާގައި ބައިވެރިވެވޭނީ މިބޯޑުގައި އަދި ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރެޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކަށެވެ.

2021 އާންމު ޖަލްސާގެ އެޖެންޑާ

  1. ތައާރަފް
  2. 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށައެޅުމާއި އެކު ފާސްކުރުން
  3. 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުން
  4. 2021 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުން
  5. 2021 ވަނަ އަހަރު ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އޮޑިޓް ކުރާނެ ފަރާތެއް ހޮވުން .
  6. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ލަފާގެ މަތިން ގެނެވުނު އިސްލާހުތަކަށް ވޯޓަށް އެހުން .
  7. މެންބަރުން ހުށައަޅާފައިވާ ހުށައެޅުންތައް

  

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

28 ޖަނަވަރީ 2021
ހޯދާ