މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިން ދޭ ކުރެހުމަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2 ޕެނަލް ބޯޑް ހަދާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

                            މި ކުންފުނިން ދޭ ކުރެހުމަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި 2 ޕެނަލް ބޯޑް ހަދާ ސަޕްލައި ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެ ކުރެވުނު ނަމްބަރު (IUL)113-PD/I/2021/4 އިއުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުމަށް ހާޒިރުވެފައިވަނީ 2 ފަރާތުން ކަމަށްވާތީ އެ ނަމްބަރު އިއުލާން ބާތިލުކޮށް މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިއުލާނު ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ގޮތަށް މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް [email protected] ގެ ޒަރިއްޔާއިން

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.)

 

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 09 ފެބްރުއަރީ 2021 ވާ އަންގާރަ ދުވަހުގެ 14:00 އަށް

 މި ކުންފުނީގެ ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހަޅާ ގޮތަށް

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، މައުލޫމާތު ޝީޓްގައި ބަޔާންކޮށްފައިވާ ލިޔުންތައް، އަދި  ޕްރޮޕޯސަލް

 

         

             މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

27 ޖަނަވަރީ 2021
ހޯދާ