ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރެސްޓޯރެންޓް އެޅުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

ރެސްޓޯރެންޓް ހިންގުމަށް ނެއްލައިދޫ ކޮމިޔުނިޓީ ޕާކް ސަރަހައްދުން 1500 އަކަފޫޓުގެ ބިމެއް  10 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރަންބޭނުންވެއެވެ.

 

 ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2021 ފެބްރުއަރީ 03 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 2021 ފެބްރުއަރީ 04 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.

 

 އަންދާސީ ހިސާބު ހުށަހެޅުން، 2021 ފެބްރުއަރީ 11 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނާނެއެވެ.

 

 މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2021 ފެބްރުއަރީ 04 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން  [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.

27 ޖަނަވަރީ 2021
ހޯދާ