މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ - Xerox Printer Consumables

 

މި އޮތޯރިޓީގައި ބޭނުންކުރާ ޒެރޮކްސް ބްރޭންޑުގެ ބައެއް ޕްރިންޓަރުތަކަށް އެއް އަހަރު ދުވަހަށް ބޭނުންވާ ޓޯނަރ/ކާޓްރީޖްގެ ސްޓޮކް  މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ މަޢުލޫމާތު ޝީޓުގައިވާ ތަފްސީލާ އެއްގޮތަށް މި އޮތޯރިޓީން އެއް އަހަރު ދުވަހަށް ބަހައިލައިގެން އޯޑަރުކުރުމުން އެތަކެތި މި އޮތޯރިޓީއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 11 ޖަނަވަރީ 2021 ގައި ކުރި ނަންބަރު IUL)220-AS/1/2021/2) އިޢުލާނާ ގުޅިގެން ހުށަހަޅައިފައިވާ ހުށަހެޅުންތައް މި އޮތޯރިޓީން ކަނޑައަޅައިފައިވާ ޓެކްނިކަލް މިންގަނޑުތަކަށް ނުފެތޭތީ ދެންނެވުނު އިޢުލާނު ބާތިލުކޮށް އަލުން އިޢުލާނުކުރަމެވެ.

 

ވީމާ، މި ތަކެތި ސަޕްލައިކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

 

ތާރީޚް

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

07 ފެބުރުވަރީ 2021

އާދިއްތަ

15:00

 

 

 

އަންދާސީހިސާބު ތައްޔާރު ކުރައްވަން ވާނީ މި އިޢުލާނާ އެކު އެޓޭޗް ކޮށްފައިވާ މަޢުލޫމާތު ޝީޓަށް ސަމާލުކަން ދެއްވައިގެންނެވެ. މަޢުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ ކަންތައްތައް ފުރިހަމަ ނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ. 

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

 ޓެލެފޯން ނަންބަރު : 3339513 , 3019611 އަށް ގުޅުންވުން އެދެމެވެ.

 

14 ޖުމާދަލްއާޚިރާ 1442

 

27 ޖަނަވަރީ 2021
ހޯދާ