މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުޅުމާލެއިން 3 (ތިނެއް) ޓޫރިސްޓު ގެސްޓްހައުސް/ހޮޓާ ކަނޑައެޅުމަށްޓަކައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 (ތިނެއް) ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ކަނޑައެޅުމަށް މިމިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން ކޯވިޑް-19 އަށް ފައްސިވާ އަދި ކޮންޓްރެކްޓް ޓްރޭސިންގ ގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ  ފަތުރުވެރިން އަދި މުވައްޒަފުން މި 3 (ތިނެއް) ގެސްޓުހައުސް/ހޮޓަލުގައި އައިސޮލޭޓް އަދި ކަރަންޓީން ކުރާގޮތަށްވަނީ ނިންމާފައެވެ.

ވީމާ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓް ކުރުމަށް ހުޅުމާލެއިން ވަކި ޙާއްސަ 3 (ތިނެއް) ޓޫރިސްޓު ގެސްޓުހައުސް/ހޮޓާ ހަމަޖައްސަވައި ހިދުމަތް ފޯރުކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިޢުލާނާއި އެއް ކަރުދާސްކުރެވިފައިވާ ލިޔުމާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް ހުށަހެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 10 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައެވެ. 

މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 09 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިމިނިސްޓްރީގެ ނަންބަރު 2207 302 (960+) އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

27 ޖަނަވަރީ 2021
ހޯދާ