މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

                   އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ޚާއްސަ އަސްކަރީ ތަމްރީނުތަކެއް 26 ޖަނަވަރީ 2021 އިން 30 ޖަނަވަރީ 2021 އަށް ކޮންމެ ދުވަހަކު 17:00 އިން އަނެއްދުވަހުގެ 06:00 އަށް ޅ. މާފިލާފުށި، ޅ. މާކޯ، ޅ. މެދަފުށި އަދި ޅ. މީދާހުރާގައި ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މި ތަމްރީނުތަކުގައި ހަތިޔާރު/ ޕައިރޯޓެކްނިކްސް ބޭނުންކުރުމަށް ހަމަޖެހިފައިވާތީ، އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ ގޮތުގެ ތަފްޞީލް

 

1. ބޭނުންކުރާ ހަތިޔާރު/ ޕައިރޯޓެކްނިކްސް:                  

މިނީފްލޭއަރ، ޕެރަޝޫޓް ޕްލެއަރ

2. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިން:               

300 މީޓަރ

3. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ އުސްމިން:              

300 މީޓަރ

4. ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިން:

ސީ-ލެވެލް

5. ވައިގެ ސަރަޙައްދު ބޭނުންކުރާނެ ޑައިރެކްޝަން:

ޅ. މާފިލާފުށި، ޅ. މާކޯ، މެދަފުށި އަދި މީދާހުރައާއި ދިމާމަތި

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

26 ޖަނަވަރީ 2021
ހޯދާ