މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
Fellowship Program in Various Sub-Specialties for International Students

 Fellowship Program in Various Sub-Specialties for International Students

 

  އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ނެޝަނަލް ބޯޑް އޮފް އެގްޒަރމިނޭޝަންސް އިން  އެކްރެޑިޓްކޮށްފައިވާ ސެންޓަރުތަކުން ބައިނަލްއަޤްވާމީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ފެލޯޝިޕް ޕްރޮގްރާމްގައި  ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ދަރިވަރުންނަށް އޮތްކަމަށް އެފަރާތުން ވަނީ އަންގާފައެވެ.

 

  ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިން އެޕްލިކޭޝަން 03 ފެބްރުއަރީ 2021 ވާ ބުދަ  ދުވަހުގެ ކުރިން ތިރީގައިވިމާ ލިންކް މެދުވެރިކޮށް ހުށަހެޅުންއެދެމެވެ.

     ލިންކް: www.nbe.edu.in  

         https://cdn3.digialm.com//EForms/configuredHtml/1815/67099/Indexl.html

  މިކޯހަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ ޔުނިވަރސިޓީއެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

26 ޖަނަވަރީ 2021
ހޯދާ