ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުންތަކަށް ފައިބަރ ކޭބަލްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/3

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-01-21) PSM-ENG /2021/04,06

 

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ  ބޭނުންތަކަށް ތިރީގައި މިދަންނަވާ ސަރަހައްދުތަކުގައި ފައިބަރ ކޭބަލްތައް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • މާލޭ ހުކުރު މިސްކިތުގައި  ހުންނަ މިކުންފުނީގެ ފައިބަރ ފޮށިން ރައްޔިތުންގެ މަޖްލިސް އިދާރާޔާ ހަމައަށް 6 ކޯރ ގެ ފައިބަރ ކޭބަލެއް އެޅުމާއި، އަދި މަޖްލިސް އިދާރާގައި 12 ކޯރގެ ފައިބަރ ޓްރޭ އެއް އަޅުވާދިނުމުގެ މަސައްކަތް ކުރުން.
  • ޕިއެސްއެމްގެ ޓީވީ ޢިމާރާތުގެ އުތުރުފަރާތުން ޢިމާރާތުގެ ތެރެއަށްވަދެފައިހުރި ފައިބަރ ކޭބަލްތައް ދެކުނު ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ކުރުން.

ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މަތީގައި ބަޔާންކޮށްފައިވާ 2 ސަރަހައްދަށް މިކޭބަލްއެޅުމުގެ މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 ޖަނަވަރީ 2021 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ފެބްރުއަރީ 2021  ވާ  ބުދަ ދުވަހުގެ   14:00 އަށް  ޕީއެސްއެމް  ހެޑްއޮފީސް  (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

             12 ޖުމާދުލްއާޚިރާ 1442      

             25 ޖަނަވަރީ 2021    

25 ޖަނަވަރީ 2021
ހޯދާ