އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ބޯޅަދަނޑު އަޅާ ސަރަހައްދު ސާފުކުރުމާބެހޭ

އަލަށް ބޯޅަދަނޑު އަޅާ ސަރަހައްދު ސާފުކުރުމާބެހޭ

          މިރަށު ދިގުމަގުގެ އިރުން ހީނާމަގުގެ ދެކުނުން ވާ ސަރަހައްދު ގައި ފުޓުބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ކުރުމަށް ޓަކާ އެސަރަހައްދުގެ އިން ވަކިކޮށް ސަރަހައްދު ސާފުކުރުމަށްވަނީ ބޭނުންވެފައެވެ.

          ވީމާ މިރަށު ދިގުމަގުގެ އިރުން ހީނާމަގުގެ ދެކުނުން ވާ ސަރަހައްދު ގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ ހަޓްތައް ފަދަ ތަންތަނާއި، އަދި އަމިއްލަ ފަރާތްތަކުން ބަހައްޓާފައިވާ ލަކުޑިފަދަ ތަކެތި 31 ޖަނަވަރީ 2021 ގެ ނިޔަލަށް ނަގާ ސާފުކުރުމަށް އާނމުކޮށް އަންގާ އިއުލާންކުރީމެވެ. އަދި މިމުއްދަތުގެ ނިޔަލަށް މިސަރަހައްދުގައި ނުނަގާހުންނަ ހަޓްތަކާއި ލަކުޑިފަދަ ތަކެތި މިކައުންސިލުން ނެގުމުގެ މަސައްކަތް ކުރާނެ ވާހަކަ ދެންނެވީމެވެ.

25 ޖަނަވަރީ 2021
ހޯދާ