ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް ހޯސްޓް ކުރާނެ ފަރާތެއް ހޯދުން

ހދ.އަތޮޅު ކައުންސިލްގެ ފަރާތުން ހދ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ އަންހެން އަދި ފިރިހެން ވޮލީ ބޯޅަ މުބާރާތް މިއަހަރު މާރިޗު މަހު ބޭއްވުމަށްޓަކައި، މިމުބާރާތް ހޯސްޓުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މި ފުރުޞަތު ހުޅުވާލެވިފައިމިވަނީ، ހދ. އަތޮޅުގެ ރަށު ކައުންސިލް އިދާރާތަކަށާއި ހދ. އަތޮޅުގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް އަދި ޖަމްޢިއްޔާތަކަށެވެ.

2- ރަޖިސްޓްރީކުރުން އޮންނާނީ 25 ޖަނަވަރީ 2021 ފެށިގެން 02 ފެބުރުވަރީ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 އާއި ހަމައަށެވެ. ހޯސްޓްކުރެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، މި މުއްދަތުގައި މި އިދާރާގެ ކައުންޓަރުގައި ނުވަތަ ނަންބަރު 6521633 އާއި ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

3- އިޢުލާނާއި ގުޅިގެން ދެވޭ އެންމެހައި މަޢުލޫމާތުތައް ރަޖިސްޓްރީ ކުރެއްވުމުން އީ-މެއިލް މެދުވެރިކޮށް ލިބިލައްވާނެއެވެ.

4- މި އިޢުލާނާއި ގުޅިގެން ބާއްވާ މަޢުލޫމާތު ސެޝަން އޮންނާނީ 28 ޖަނަވަރީ 2021 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި ހދ.އަތޮޅު ކައުންސިލް އިދާރާގެ މާލަމްގައެވެ.

5- ޕްރޮޕޯސަލްތައް ހުށަހެޅުން އޮންނާނީ 03 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 11:00 ގައި ހދ. އަތޮޅު ކައުންސިލްގެ އިދާރާގެ މާލަމުގައެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ ހޯސްޓް ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ރަށުކައުންސިލް ތަކަށާއި ކްލަބް ޖަމްޢިއްޔާތަކަށެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

6- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

   ތިލަދުންމަތީ ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ

   އަމީނީމަގު، ކުޅުދުއްފުށި ، ދިވެހިރާއްޖެ

   ފޯން: 6528801 ، 6521633

   އީމެއިލް: [email protected]

25 ޖަނަވަރީ 2021
ހޯދާ