މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ބޭއްވުން

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަސްކަރީ ތަމްރީނެއް 25 ޖަނަވަރީ 2021 އިން 29 ޖަނަވަރީ 2021 އަށް އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ (ޅ. މާފިލާފުށި، ޅ. މީދާހުރާ، ޅ. މެދަފުށި، ޅ. މާކޯ އަދި ޅ.ދިއްދޫ) ގައި ކުރިއަށް ގެންދިއުމަށް ވަނީ ތާވަލްކުރެވިފައެވެ. މިތަމްރީނު ތަކުގައި ސިފައިން ހަތިޔާރާއެކު ޙަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

24 ޖަނަވަރީ 2021
ހޯދާ