ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ޓީ20 ކްލަބް ޓޯނަމެންޓް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓީ20 ކްލަބް ޓޯނަމެންޓް 26 ފެބްރުއަރީ 2021 ގައި ބޭއްވުމަށް ވަނީ ހަމަ ޖެހިފައެވެ. ވީމާ މިބޯޑުގައި ރަޖިސްޓްރީވެފައިވާ ކްލަބް ޖަމިއްޔާތަކުން ބައިވެރިވާން ބޭނުންފުޅުވާ ކްލަބްތައް 7 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން މި ބޯރޑަށް ހުށައަޅާ އަދި 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން އީމެއިލް އަކުން ނުވަތަ ސިޓީއަކުން ޓީމް ލިސްޓް ހުށައެޅުން އެދެމެވެ.

ޓީމް ލިސްޓް ހުށައަޅާއިރު ތިރީގައިވާ މައުލޫމާތުތައް އެކުލަވާލަންވާނެއެވެ.

  1. ކްލަބް ލެޓަރ ހެޑްގައި ހުށައެޅުއްވުން.
  2. ސްޓޭމްޕް ޖައްސަވައި ސޮއި ކުރެއްވުން.
  3. ޓީމް ލިސްޓްގައި ( ކުޅުންތެރިންގެ ފުރިހަމަ ނަން، އުފަން ތާރީޙު އަދި ޕާސްޕޯޓް ނަންބަރު / އައިޑީ ކާރޑް ނަންބަރު / ވޯކް ޕާމިޓް ނަންބަރު ޖެހުން )
  4. ޓީމުގެ ކެޕްޓަން އަދި މެނޭޖަރު ވަކިން އެނގޭނޭ ގޮތަށް ޓީމްލިސްޓްގައި ފާހަގަ ކުރެއްވުން.

 

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ. 

 

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

ފޯން: 3325503

[email protected]

24 ޖަނަވަރީ 2021
ހޯދާ