ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ނީލަން ކިއުން

ނަންބަރ:R-2020/102C

                                          އިޢުލާން

މި ކުންފުނީގައި ހުރި މި ދަންނަވާ ތަކެތި ނީލަމުގައި ވިއްކާލަން ކުރެވުނު އިޢުލާން R-2020/102B ނަންބަރާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ނީލަން ކިޔުމަށް ފުރުސަތު ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ.

- ގިނަ އަދަދެއްގެ އެއަރކޯން ބައިތަކެއް (ބައު)

 

- ލަވަޖަހާ ސެޓެއް (ހަލާކުވެފައި)

 

- ބެޓަރީ 80A (ހަލާކުވެފައި)

 

- ވެހިކަލް އިންޖީނެއް (ހަލާކުވެފައި)

 

- ހައި ޕާޓިޝަން (ބައު)

 

- ލޯޕާޓިޝަން (ބައު)

 

- ޕާޓިޝަންތަކުގެ މޭޒު ފިލާގަނޑު (ބައު)

 

މި ނީލަން ފެށޭ އަގަކީ 10,000.00ރ (ދިހަ ހާސް) ރުފިޔާ އެވެ.

ވީމާ، މިތަކެތި ބައްލަވައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 26 ޖަނަވަރީ 2021 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި ކުންފުންޏަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، ހުށަހަޅުއްވާ އެންމެ މަތީ އަގު (އައި.ޑީ ކާޑުގެ ކޮޕީއާއެކު) ސިޓީ އުރައެއްގައި ބަންދުކޮށް 31 ޖަނަވަރީ 2021 ވާ އާދިއްތަ ދުވަހުގެ 13:00 އަށް މިކުންފުންޏަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އަދި 26 ޖަނަވަރީ 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރި ނުވާ ފަރާތް ތަކަށް ވެސް މިނީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދަންނަވަމެވެ.

މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަ ނުވާނަމަ ނީލަމުގައި ބައިވެރިއެއް ނުވެ ވޭނެއެވެ. އަދި މި ތަކެތީގެ ނީލަން ނިމޭތާ 03 ދުވަސް ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން، ފައިސާ ދެއްކެވުމަށް ފަހު ތަކެތި ގެންދަވަން ވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ. އަދި އަލުން ނީލަން ކިޔޭ އިރުގައި ކުރީގެ ނީލަން ކާމިޔާބު ކުރި ފަރާތަށް ބައިވެރި ނުވެވޭނެ ކަމުގައި ދަންނަވަމެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338365 ނަންބަރު ފޯނާއެވެ.

                                    23 ޖުމާދަލްއާޚިރާ 1442

21 ޖަނަވަރީ 2021
ހޯދާ