ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް

ޑްރައިވަރު

ރޭންކް:

-

މަޤާމްގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސަރވިސް

މަސައްކަތް ކުރަންޖެހޭ ތަން:

ކުރެންދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ

ސެކްޝަން:

އިކޮނޮމިކް ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް، ކުރެންދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3000.00 ރުފިޔާ

ސާރވިސް އެލަވަންސް:

2000.00 ރުފިޔާ

ރިސްކް އެލަވަންސް

1500.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތާއި އެހެނިހެން އެލަވަންސް:

ހަފްތާއަކު މަސައްކަތު 7 ދުވަހު، ޑިއުޓީ އުޞޫލުން އަދި ދުވާލަކު 8 ގަޑިއިރު މަސައްކަތް (އެއްގަޑި އިރުގެ ބުރޭކާއިއެކު) ކުރަންޖެހޭނެއެވެ. ރަމަޟާންމަހުގެ މުނާސަބަތުގައި ދޭ ޙާއްސަ އެލަވަންސްގެ ފައިސާ

ބޭނުންވާ ޢަދަދު:

01

އަސާސީ ޝަރުތު:

1- C ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން

2- ޞިއްޙަތު ސަލާމަތުން ހުރި މީހެއްކަމުގައިވުން

3- މިބާވަތުގެ މަސައްކަތް ކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހެއްކަމުގައިވުން

4- މީހުންނާއި ގުޅިގެން  މަސައްކަތްކުރުމާއި ގިނަ ވަގުތު އުޅެވޭނެ ހީވާގި މީހެއްކަމުގައި ވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ޕިކަޕް ދުއްވުން (ޑިއުޓީ އުޞޫލުން)
  • ކޮންމެ ދުވަހަކު މަސައްކަތް ކުރަން ފެށުމުގެ ކުރިން ޕެޓްރޯލާއި، އަޑީތެލާއި ފިލްޓަރުތައް އަދި ފުރޮޅުއްތައް ބަލައި ޗެކްކުރުން.
  • ހަފްތާ އަކު 01 (އެކެއް) ފަހަރު ޕިކަޕު ދޮވެސާފުކުރުން
  • މަހަކު 1 (އެކެއް) ފަހަރު ޕިކަޕު ދޮވެސާފުކުރުމަށް ފަހު ތެޔޮދުއްވުން
  • އިދާރާގެ ފަރާތުން ހިންގާ ކުނިނައްތާލުމުގެ ޕްރޮގުރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ގޭގެއާއި ތަންތަނުގައި އުފެދިފައި ހުންނަ ކުނި ގޭގެއާއި ތަންތަނުން ނެގުމާއި،  ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ޖަމާކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.
  • ޕިކަޕައް ކުނި ލޯޑްކުރަންވާނީ ދަގަނޑާއި، ޕްލާސްޓިކް، ބިއްލޫރި، (ބަދިގެ) ކުނިވާޒާތުކުނި، އަދި ފަތް ކުނި ވަކިކޮށް، ފަސޭހައިން ޕިކަޕުގައި ގެންގުޅެވޭނެ ގޮތެއްގެމަތިންނެވެ.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ވަކިކުރާ ކުނީގެ ބާވަތްތަކުގެ ތެރެއިން ދަގަނޑު ބާވަތްތައް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ކުނިބެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގައި ތަރުތީބުކޮށް ބެހެއްޓުމުގެ މަސައްކަތް ކުރުން.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރަށް ގެންދާ ދަޅާއި، ފުޅި، ދަޅުފިއްތާ މެސިނުންފިއްތުމާއި ޕެކުރުމުގެ މަސައްކަތް ކުރުން.
  • ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ޖަމާކުރެވިފައި ހުންނަ ކުނި ރަށުން ބޭރަށް ގެންދިއުމަށް، ކުނި ބަރުކުރުމުގެ މަސައްކަތް ކުރާ ދުވަސްތަކުގައި ކުނިގެންދާ ފަރާތުން އެދޭ އެންމެހައި މަސައްކަތްކުރުމަށް  އިދާރާއިން ހަމަޖައްސާ އުޞޫލާއި އެއްގޮތަށް އެފަދަ މަސައްކަތްތައް ކުރުން.
  • ކުނި އަޅާ ސަރަހައްދުގައި ޖަމާކުރެވިފައި ހުންނަ ކުނި އަށި މައްޗަށް އަޅާ އެންދުން (ކުނި އަންދަންވާނީ މޫސުމައް ބެލުމަށް ފަހު ރަށުތެރެއަށް އަދި މީހުން ދިރިއުޅޭ ގޭގެއާއި ތަންތަނަށް ދުމުގެ އަސަރު ނުފޯރާނެގޮތެއްގެ މަތިންނެވެ.)
  • އިދާރާގެ ފަރާތުން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގެ މަސައްކަތްތައް ކުރުވުމަށް ކަނޑައަޅާ އިސްވެރިއެއްގެ  ލަފާގެ މަތިން  ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1- ތަޢުލީމާއި ތަމްރީނު ( ކަނޑައެޅިފައިވާ އިން ސައްތަ: %38 )

2- މަސައްކަތުގެ ތަޖްރިބާ: ( ކަނޑައެޅިފައިވާ އިން ސައްތަ %8 )

3- އިންޓަރވިއު ( ކަނޑައެޅިފައިވާ އިން ސައްތަ: %54 )

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ އިންސައްތަ:

މަޤާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު މާކްސްގެ ޖުމްލަ އިންސައްތަ، %45 (ތިރީސް ފަހެއް އިންސައްތަ) އަށްވުރެ މަތިވާން ޖެހޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ 29 ޖަނަވަރީ 2021 އިން 30 ޖަނަވަރީ 2021 އާއި ދެމެދުގެ ދުވަހެއްގައި ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާގައެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޙާއި ތަން:  28 ޖަނަވަރީ 2021 ވާ ބުރާސްފަތި  ދުވަހުގެ 13:00 ގެ ކުރިން ފާދިއްޕޮޅު ކައުންސިލްގެ އިދާރާ (ޅ.ކުރެންދޫ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް.

2- ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާއި މެދު އިޢުތިރާޒެއްނެތްކަމަށް، އެމުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒިފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނަ ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒިފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ).

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6620450 ފޯނާއެވެ. އީ.މެއިލް އެޑްރެހަކީ [email protected] އެވެ. މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

               މިހެންވެ، އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

            

19 ޖަނަވަރީ 2021
ހޯދާ