މަޤާމް
|
ސީނިއަރ މެކޭނިކް
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
މަޤާމުގެ ގިންތި އާއި މުއްދަތު
|
ވަގުތީ (31 ޑިސެންބަރު 2021 ގެ ނިޔަލަށް)
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ހިތަދޫ މުނިސިޕަލް ސަރވިސް ޑިވިޜަން
|
މުސާރަ:
|
5610/- ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000/- ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ރިސްކް އެލަވަންސް: މަސައްކަތަށް ހާޟިރުވާ ކޮންމެ ދުވަހަކަށް 25 ރުފިޔާ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މުނިސިޕަލް މަސައްކަތްތަކުގައި ބޭނުންކުރަމުންދާ އެކްސްކެވޭޓަރ، ލޯޑަރ ކޮމްޕެކްޓަރ އަދި މިނޫނަސް އެފަދަ މަސައްކަތްތަކުގައި ބޭނުންކުރަމުންދާ ހެވީ ޑިއުޓީ ވެހިކަލްތަކާއި އިކްވިޕްމަންޓްތައް ރިޕެއަރ ކުރުމާއި ސަރވިސް ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ކުރުން
- ހެވީ ވެހިކަލްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް މެޝިނަރީ އޯވަރހޯލް ކުރުމާއި މެޝިނަރީތަކުގެ ރިޕެއަރިންގ މަސައްކަތާއި ގުޅިގެން ކުރަންޖެހޭ ޓެސްޓްތައް ކުރުމާއި ވެހިކަލްތަކުގެ މައްސަލަތައް ހައްލުކުރުމަށް ރޫޅުމާއި ރީ-އެސެމްބަލް ކުރުމާއި، ޑައިގްނޯސްކުރުމާއި އެކަށީގެންވާ ގޮތެއްގައި ވެހިކަލްތަކާއި މެއިންޓެއިން ކުރަންޖެހޭ އެބާވަތުގެ ސިސްޓަމްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.
- ވެހިކަލްތަކާއި އިކްވިޕްމަންޓްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ގުޅުން ހުރި ސްޕެއަރ ހޯދުމަށް އެހީތެރިވުމާއި ހައިޑްރޯލިކް ކޮމްޕޯނެންޓް ރިޕެއަރކޮށް މެއިންޓެއިން ކުރުން.
- ކައުންސިލުން ބަލަހައްޓަމުންދާ މަސައްކަތުގެ ތެރެއިން މެކޭނިކަލް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފެސިލިޓީސް ތަކުގެ ސިސްޓަމްތަކަށް ދިމާވާ މައްސަލަ ހައްލުކުރުމާއި މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ވޯކްޝޮޕުން ކުރަމުންދާ މަސައްކަތްތައް ކުރުން.
- ހަވާލުކުރެވޭ ވެހިކަލް މަރާމާތުކުރުމުގެ މަސައްކަތްތަކުގައި އެހީތެރިކަންދިނުމާއި ބައިވެރިވުމާއި މެޝިނަރީއާއި ގުޅުންހުރި އެންމެހައި ތަކެތި ރަނގަޅު ފެންވަރެއްގައި ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، ތަކެތި ބެލެހެއްޓުން.
- މުނިސިޕަލް ސަރވިސް ޑިވިޝަން ގައި ބޭނުންކުރަމުންދާ ވެހިކަލްތަކާއި މެޝިނަރީތަކާއި އަދި މިތަކެއްޗާ ގުޅޭ މަސައްކަތްތައް ކޯރޑިނޭޓްކޮށް މި ކަންކަމުގެ ލަފާދީ މަސައްކަތްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
ހެވީ ވެހިކަލް އަދި އިކްވިޕްމަންޓާއި މެޝިނަރީސް ރިޕެއަރ އެންޑް މެއިންޓަނަންސް ކުރުމުގެ އަމަލީ މަސައްކަތުގައި އުޅެ 3 އަހަރުގެ ތަޖްރިބާ ލިބިފައިވުން
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ކޮންޓްރެކްޓް އުޞޫލުން ވަޒީފާއަށް އެދޭ ފޯމް (މި ފޯމު އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ކައުންޓަރުންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (adducity.gov.mv) މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތާއެކު)
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން
- ރަގަޅު ފެންވަރެއްގައި ހެވީ ވެހިކަލްތައް މަރާމާތު ކުރުމާއި މެކޭނިކަލް މައްސަލަ ހައްލުކުރުމަށް މެޝިނަރީސް ރިޕެއަރ ކުރުމުގެ މަސައްކަތް ކުރަން ދަންނަ އެމަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތެއްކަން ސާބިތުކޮށްދިނުން.
- މަސައްކަތުގެ ހުނަރާއި ޤާބިލްކަން
- ގިނަވަގުތު އޮފީހުގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ޖަނަވަރީ 28 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި،މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ޖަނަވަރީ 31 އާއި 2021 ފެބުރުވަރީ 04 އާ ދެމެދުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގައެވެ. މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6885002 ނަންބަރު ފޯނާއެވެ.
|
08 ޖުމާދަލްއާޚިރާ 1442
|