ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އިލެކްޓްރިޝަން

އިޢުލާން

 

މަޤާމް:

އިލެކްޓްރިޝަން

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް)

ސެކްޝަން:

މުނިސިޕަލް ސާރވިސް ޔުނިޓް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ

ވަޒީފާއަށް ނަގާ މުއްދަތު

6 މަސްދުވަހަށް

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ)

އެހެނިހެން އެލަވަންސް:

 1. ސަރވިސް އެލަވަންސް: -/1000ރ (އެއްހާސް )
 2. ސަޕޯޓިންގ ކޯ އެލަވަންސް: -/1200ރ (ބާރަސަތޭކަ)
 3. ރަމަޟާން މަހުގެ އިނާޔަތު ފައިސާ
 4. ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

މަސައްކަތު ގަޑި

ދުވާލަކު 8 ގަޑިއިރު (ހުކުރު ދުވަސް ފިޔަވައި)

މަޤާމުގެ ޝަރުޠުތައް

 1. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ.ސީ.އީ.އޯ ލެވެލް ފެންވަރުހުރުން ނުވަތަ ގްރޭޑް 8 ގެ ފެންވަރު ހުރުމާއި އެކު މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.
 2. މީލާދީ ގޮތުން 18 އަހަރު ފުރިފައިވުން
 3. މަސައްކަތުގެ މާހައުލުގައި ކުރަންޖެހޭ ތަންތަނށް އެރުން ފަދަ މަސައްކަތް ކުރުމަށް ފުރިހަމަ ސިއްޙަތެއް ލިބިފައި ހުރުން

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 1. ދިއްދޫގެ މަގުތަކާއި ބަނދަރާއި އިޖްތިމާޢީ ސަރަޙައްދު އަދި ކުޅިވަރު ކުޅޭ ތަންތަނުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ ތެރެއިން ނުދިއްލި ހުރި ހޮޅިބުރިތައް ދުވަހުންދުވަހަށް ބަލާ ޗެކުކުރުން.
 2. ދިއްދޫގެ މަގުތަކާއި ބަނދަރާއި އިޖްތިމާޢީ ސަރަޙައްދު އަދި ކުޅިވަރު ކުޅޭ ތަންތަނުގައި ޖަހާފައިވާ ހޮޅިބުރިތަކުގެ ތެރެއިން ނުދިއްލި ހުރި ހޮޅިބުރިތައް ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށް އެ ހޮޅިބުރިތައް ދިއްލުން
 3. ހަލާކުވާ ކޭބަލްތައް ބެލުމަށް ފެނަކަ ކޯޕަރޭޝަންގެ އިރުޝާދާ އެއްގޮތަށް ބައްތި ލައިންތައް މެގަރުކުރުން
 4. ހަލާކުވެފައިވާ ކޭބަލްތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު އެ މަސައްކަތް ބަލާ މޮނިޓަރ ކުރުން
 5. ބޮކި އަނދައިގެން ނުދިއްލޭ ބައްތިތައް ކައުންސިލުން އަންގާ ގޮތެއްގެ މަތިން ބޮކި ބަދަލުކޮށް އެ ބައްތިތައް ދިއްލުން
 6. ކައުންސިލުން ބަލަހައްޓަމުން ގެންދާ އިޖްތިމާޢީ މަރުކަޒާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ކައުންސިލް އިދާރާގެ އިމާރާތްތަކުގެ ކަރަންޓަށް ދިމާވާ މައްސަލަތައް ބަލާ ޗެކުކޮށް މައްސަލަތައް ހައްލުކުރުން
 7. ކައުންސިލުން ކަރަންޓް ވަޔަރިން އަޅަންޖެހޭ ތަންތަނުގައި ކަރަންޓު ވަޔަރިން އެޅުމާއި އެކަމާ ގުޅުގެން ކުރަން ޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
 8. މަސައްކަތަށް ބޭނުންވާ ތަކެތި ދައުލަތުގެ ޕްރޮކިއުމަންޓް އުޞޫލާ އެއްގޮތަށް ދުރާލާ ރިކުއެސްޓްކޮށްގެން ހޯދުން
 9. މަސައްކަތުގެ ދާއިރާގައި ގެންގުޅޭ ޓޫލްސް އާއި އެނޫން އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން
 1. ޤައުމީ މުނާސަބަތުތަކާއި ދުވަސްތައް ފާހަގަކުރުމަށް ކައުންސިލުން ކުރާ މަސައްކަތުގައި ބައިވެރިވުން
 2. މަސައްކަތު ދާއިރާގެ ތެރެއިން ކައުންސިލުން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 1. ވަޒީފާއެދި ހުށަހަޅާ ސިޓީ
 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 3. ތަޢުލީމީ ސެޓްފިކެޓް ހުރިނަމަ ސެޓްފިކެޓުތަކުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 • ލިބިފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން (ތަޢުލީމީ ފެންވަރަށް %50)
 • ލިބިފައިވާ ހުނަރަށް ބަލައިގެން(އިންޓަވިޢު އަށް %50)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 3 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ލިބިފައިވާ ހުނަރަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ވަނަ އަހަރުގެ ފެބުރުވަރީ 7  އިން 11 އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މި މުއްދަތުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުންއެދެމެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500019 ނަންބަރު ފޯނު އަށެވެ. އީ-މެއިލްކުރާނީ [email protected] އަށެވެ.

ވީމާ، މިކަން ޢާންމުކޮން އަންގާ އިޢުލާން ކުރީމެވެ.

21 ޖަނަވަރީ 2021
ހޯދާ