ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
06 ރަށެއްގައި ސޯލަރ ޕީ.ވީ އާއި ބެޓްރީ ސްޓޯރޭޖް ސިސްޓަމް އާއި އެކު ސޯލަރ ޕީ.ވީ-ޑީސަލް ހައިބްރިޑް ސިސްޓަމްއެއްކޮންޓްރެކްޓަރ ފައިނޭންސިންގްގެ ދަށުން ގާއިމް ކުރުމަށް

06 ރަށެއްގައި ސޯލަރ ޕީ.ވީ އާއި ބެޓްރީ ސްޓޯރޭޖް ސިސްޓަމް އާއި އެކު ސޯލަރ ޕީ.ވީ-ޑީސަލް ހައިބްރިޑް ސިސްޓަމްއެއްކޮންޓްރެކްޓަރ ފައިނޭންސިންގްގެ ދަށުން ގާއިމް ކުރުމަށް:

 

            މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް 06 ރަށެއްގައި ޕަވަރ ސިސްޓަމް ސޯލަރ ފޮޓޯވޮލްޓައިކް އަދި ބެޓްރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމް ބޭނުންކޮށްގެން ހައިބްރަޓައިޒް ކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުންވުން އެދެމެވެ.

 

ތާރީޚް

ވަގުތު

މައުލޫމާތު ސެޝަން

28 ޖަނަވަރީ 2021

11:00 ހެނދުނު

މައުލޫމާތު ސާފު ކުރުމަށް އެންމެ ފަހު ތާރީޙް (އީމެއިލް ޒަރިއްޔާއިން)

11 ފެބްރުއަރީ 2021

13:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

18 ފެބްރުއަރީ 2021

10:00 ހެނދުނު

      މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެލައްވާ ފަރާތްތަކަށް ރަޖިސްޓަރ ހިއްސާކުރެވޭނެކަމުގައި ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ.

 

21 ޖަނަވަރީ 2021
ހޯދާ