ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ވެހިކަލް މެއިންޓެނެންސް ސުޕަވައިޒަރ

އެސިސްޓެންޓް ވެހިކަލް މެއިންޓެނެންސް ސުޕަވައިޒަރ
މުނިސިޕަލަލް ސަރވިސަސް

ތައުލީމީ ފެންވަރާއި ތަޖުރިބާ:
- ގްރޭޑް 10 ނިންމާފައިވުމާއި އެކު މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލައިސެންސެއް ނުވަތަ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:
ޓްރާންސްޕޯރޓް ޔުނިޓްގެ ވެހިކަލް މެއިންޓެނެންސް މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:
- ޓްރާންސްޕޯރޓް ޔުނިޓްގެ ވެހިކަލް މެއިންޓެނަންސް މަސައްކަތްތަކާއި ވެހިކަލް މެއިންޓެނަންސް ވޯރކްޝޮޕްގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކުރުން.
- ވެހިކަލް މެއިންޓެނަންސް ވޯރކްޝޮޕްގެ މަސައްކަތަށް ބޭނުންވާ ސާމާނާއި ޓޫލްސްފަދަ ތަކެތި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހޯދުމާއި އަދި އެތަކެތި މެއިންޓެއިންކޮށް ބެލެހެއްޓުން.
- މެއިންޓެނަންސްގެ މައްސަލަތަކާއި އަދި މަސައްކަތް ކުރިއަށްދިޔަގޮތުގެ ރިޕޯރޓް ސުޕަވައިޒަރަށް ނޫނީ ޝެކްޝަންގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ދިމާވާ އެކިކަހަލަ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރުމާއި އަދި މިފަދަ މައްސަލަތައް ސެކްޝަނުގެ އިސްވެރިޔާއަށް ރިޕޯރޓްކުރުން.
- މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތަށް އެޅުން.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:
- މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ނުވަތަ ކާޕެންޓްރީ، މޭސަނަރީ އަދި ޕްލަންބިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
- ހީވާގިކަމާއެކު މަސައްކަތް ކުރެވޭ މީހެއް ކަމުގައިވުން.
- މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
- މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
- 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.

މުސާރަ: 9800.00ރ އާއި 10800.00ރ ދެމެދުގެ މުސާރައެއް ލިބޭނެއެވެ.
އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.
.....................................................................................................................................................................................................

މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަނަވަރާއި އަދި އެކްރިޓެޑްކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ޕޮލިސް ރިޕޯރޓް (އިންޓަވިއުއަށް ހޮވިއްޖެނަމަ ހުށަހަޅަންޖެހޭ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 27 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިކޯޕަރޭޝަނުގެ ރިޝެޕްޝަނަށް ވަޒީފާއަށް އެދޭ ފޯރމް ފުރިހަމަކުރުމަށްފަހު ހުށައެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމް މިކޯޕަރޭޝަނުގެ މައިއޮފީހުންނާއި އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3355305 އަށް ގުޅާލައްވާ.

ލިންކު: (https://rb.gy/kecrc0)

 

21 ޖަނަވަރީ 2021
ހޯދާ