ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އަދި އެމީހުންގެ ވިސާއާ ގުޅޭކަންކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ

(IUL) PSM-FP/ PSM/2021/5

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ

(PROC-04-20) PSM-HR /2020/14

 

 

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ދަޢުވަތު

            މިކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ ބިދޭސީން ގެނައުމާއި އަދި އެމީހުންގެ ވިސާއާ ގުޅޭކަންކަން ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެގެން ކުރެވުނު (IUL) PSM-FP/PSM/2020/104 ނަންބަރ އިޢުލާނާ ގުޅިގެން ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން ޝަރުތު ފުރިހަމާވާ ޕްރޮޕޯސަލްގެ އަގު އެކަށީގެންވާ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ.

           ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތްކުރުމަށް އެމްޕްލޯއިމެންޓް އެޖެންސީ ހިންގުމަށް ހުއްދަލިބިފައިވާ ފަރާތްތަކުން 27 ޖެނުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީ.އެސް.އެމްގެ  ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ޙާޟިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 03 ފެބްރުއަރީ 2021 ވާ ބުދަ ދުވަހުގެ 14:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށްޙާޟިރުވެވަޑައިގެން ޕްރޮޕޯސަލްހުށަހެޅުއްވުންއެދެމެވެ.

                ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. ކަނޑައެޅިފައިވާގަޑިތަކަށް ވަޑައި ނުގަންނަވާ ފަރާތްތަކަށް ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.

          08 ޖުމާދުލްއާޚިރާ 1442    

          21 ޖަނަވަރީ 2021

21 ޖަނަވަރީ 2021
ހޯދާ