ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކުންފުނީގެ ބައެއް ތަކެތި، ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. ވީމާ މިތަކެތި ބައްލަވައި ގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އޮފީސް ބަންދުނޫން ކޮންމެ ދުވަހަކު ކައުންޓަރުން މިތަކެތީގެ ތަފްސީލް ލިސްޓު ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ކުރިން ބަންދު ސިޓީއުރައެއްގެ ބޭރުގައި "ނީލަމުންތަކެތި ގަތުމަށް އެދި" މިހެން ޖައްސަވާ ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި ތަކެތި ބައްލަވާލައްވަން ބޭނުންފުޅުވާނަމަ އެ އިންތިޒާމްވެސް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމެވެ. އަގު ހުށަހަޅުއްވާއިރު މިކުންފުނިން ދޭ ތަފްސީލް ކަރުދާހުގައި ވާ ފޯމެޓައް އަގު ހުށަހެޅުއްވުމަށް ދަންނަވަމެވެ.  

ނީލަމުގައި އަގު ހުށަހަޅާތާ 3 ދުވަސް ތެރޭގައި ކުންފުނީގެ ނޯޓިސް ބޯޑުގައި ހުށަހަޅާފައިވާ އެންމެ މަތީ އަގުތަކުގެ ލިސްޓު އިޢުލާން ކުރެވޭނެއެވެ. ނީލަން ނިންމިކަން އެފަރާތަކަށް އަންގާ ތާރީޚުން ފެށިގެން  7 (ހަތެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހަޅާފައިވާ އަގަށްވާ ފައިސާ މިކުންފުންޏަށް ދައްކަން ވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ އެހުށަހެޅުން ބާތިލްކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން އަލުން ފެށުމުގެ ޙައްޤު މިކުންފުންޏަށް ލިބިގެންވެއެވެ. ވަކި ފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން ރަސްމީކޮށް އެފާރާތަކަށް މިކުންފުނިން އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވާކަމުގައި ދެންނެވީމެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ. ގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ނުވަތަ ބޯޑް ޑައިރެކްޓަރަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތެއްގެ އާއިލާގެ އެއްވެސް ބޭފުޅަކަށް  (މަންމަ ނުވަތަ ބައްޕަ، ދަރިން، އެއްބަޑު ނުވަތަ އެއްބަފާ ބޭޅުން އަދި ފިރިމީހާ ނުވަތަ އަނބިމީހާ) މިނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. 

28 ޖެނުއަރީ 2021 ގެ 14:00 ކުރިން

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހަޅަންޖެހޭ ތަން:

ހައުސިންގ ޑިވެލޮޕްމަންޓް  ފައިނޭންސް ކޯޕަރޭޝަން ޕލކ.

ހ. މިއަލަނި، 3 ވަނަ ފަންގިފިލާ، ސޯސަން މަގު، މާލެ.

21 ޖެނުއަރީ    2021

08 ޖުމާދަލްއާޚިރާ  1442

21 ޖަނަވަރީ 2021
ހޯދާ