މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 158 ގޯއްޗަށްއެދި ފޯމު ހުށަހެޅުއްވި ފަރާތްތަކަށް މާރކްސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

އިޢުލާން

 

ބ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 158 ގޯއްޗަށްއެދި ފޯމު ހުށަހެޅުއްވި ފަރާތްތަކަށް މާރކްސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓް އާންމުކުރުން

 

                ބ. އޭދަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ 158 ގޯއްޗަށްއެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް މާރކްސް ލިބިފައިވާ ގޮތުގެ ވަގުތީ ލިސްޓާއި ގޯއްޗަށްއެދި ފޯމު ހުށަހެޅުއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް މިއިޢުލާނާއެކު އާންމު ކުރީމެވެ.

                  ވީމާ، މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު 24 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08.30 ން މެންދުރުފަހު 13.00 އާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މިލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 11 ފެބްރުވަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12.00 އެވެ. ލިސްޓަށް ޝަކުވާ ހުށަހަޅަންވާނީ، ސިޓީއަކުން ކައުންސިލް އިދާރާއަށެވެ. އަދި އީ. މެއިލްގެ ޛަރީއާއިން ޝަކުވާގެ ސިޓީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ [email protected] އަށް ފޮނުއްވުމުން ބަލައިގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އަދި ދަންނަވަމެވެ.  އީ. މެއިލް މެދުވެރިކޮށް ޝަކުވާގެ ސިޓީ ހުށަހަޅުއްވާ ފަރާތްތަކުން ކައުންސިލް އިދާރާއަށް އީ. މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. މީގެ އިތުރުން،  ޝަކުވާ ސިޓީ ހުށަހަޅުއްވާއިރު އެފަރާތަކާއި ގުޅޭނެ ފޯނު ނަންބަރާއި އައި.ޑީ ކާޑު ނަންބަރު ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ. މިލިސްޓަށް އަނގަބަހުންނާއި ފޯނު މެދުވެރިކޮށް ހުށަހަޅާ ޝަކުވާތައް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                  މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢްލާން ކުރީމެވެ.

ވަގުތީ ލިސްޓް ލިންކް: 

https://drive.google.com/file/d/1fYi0YP2xQscJpS0Ho0azzK160_SRzBJ6/view?usp=sharing

ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓް:

https://drive.google.com/file/d/1jRxuQlJyc0aZoFalLiyN-AMDZy2leid7/view?usp=sharing

21 ޖަނަވަރީ 2021
ހޯދާ