ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ފުވައްމުލަކު މާލެގަން އަވަށު ތަށިމުށިގެ ގޯއްޗާއި ސީކޯއާއި ދެމެދު އޮޅުކައިރީގައި އޮތް ހިކިފަސްތަނުގައި ހުރި ނަންބަރު 01 ޖަހާފައިވާ ރުއްގަހުގެ ނީލަން ކިޔުން 2021 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 9:00 ގައި އެބިމުގައި އޮންނާނެއެވެ.

ވީމާ މި ނީލަމުގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2021 ޖަނަވަރީ 26 ވާ އަންގާރަ ދުވަހުގެ 09:00 އަށް އެބިމަށް ވަޑައިގެން ނީލަމުގައި ބައިވެރިވުމަށް ދަޢުވަތު އަރުވަމެވެ. ނީލަން ނަންގަވާ ފަރާތްތަކުން 2021 ޖަނަވަރީ 27 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސިޓީ ކައުންސިލް އިދާރާއަށް ފައިސާ ދައްކަވައި 2021 ޖަނަވަރީ 28 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ރުއްކަނޑައި ރުކުގެ ހުރިހާ ބައިތަކެއް އެތަނުން ނަންގަވަންވާނެއެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުންނަ ތަކެތި އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލައި އުކާލެވޭނެއެވެ.

މިހެންވެ މިކަން އަންގައި ޢިއުލާން ކުރަމެވެ.

21 ޖަނަވަރީ 2021
ހޯދާ