ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިގޮނޑު ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތް

ކުނިގޮނޑު ބެލެހެއްޓުމާއި ގޭގެއިން ކުނި އުކައިދިނުމުގެ މަސައްކަތް

 

ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލުން އަންގާގޮތެއްގެމަތިން ކުނިގޮނޑު ބަލަހައްޓާދޭނެ ފަރާތެއްހޯދުމަށްކުރި ނަންބަރ IUL)389/389/2021/4) އިޢުލާނާގުޅިގެން ދެވިފައިވާ މަޢުލޫމާތު ކަރުދާހުގައި އިދާރީގޮތުން އިޞްލާޙުކުރަން ޖެހޭ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް ކުނިގޮނޑު ބެލެހެއްޓުމާއި ގޭގެއިން ކުނި ނަގައި އުކާލުމުގެ މަސައްކަތް ފެބުރުއަރީ  2021 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާންކުރީމެވެ.

މިމަސައްކަތުގެ މައުލޫމާތު ހިމެނޭ ބިޑްފޮތް  20 ޖަނަވަރީ 2021 ވާ ބުދަ ދުވަހުން ފެށިގެން 25 ޖަނަވަރީ 2021 ވާ ހޯމަ ދުވަހުގެ ނިޔަލަށް ރަސްމީބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލުން ލިބެން ހުންނާނެއެވެ. ބިޑް ފޮތެއްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. އަދި ބިޑްފޮތް ބައްލަވައިގަންނަވާ ފަރާތަކުން ތިރީގައި މިދަންނަވާ ތާރީހްތަކަށް ސަމާލުވުމަށް ދަންނަވަމެވެ.

 

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ބައްދަލުވުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

26 ޖެނުއަރީ  2021

އަންގާރަ

10.30

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

28 ޖެނުއަރީ  2021

ބުރާސްފަތި

1.30

         

           މިއިއުލާނާ ގުޅިގެން ހުށަހެޅޭ މައުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލްވާނެވާހަކަ ދަންނަވަމެވެ. އަދި ބިޑްފޮތް ބައްލަވައި ނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމަށް ފުރުޞަތު ނުލިބޭނެއެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރަމެވެ.

07 ޖުމާދަލްއާޚިރާ 1442  

20  ޖަނަވަރީ   2021

20 ޖަނަވަރީ 2021
ހޯދާ