ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނޫސްބަޔާން


 

ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލްތަކަށް ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށް މަތިކޮށްފައިވާ ޒިންމާއެކެވެ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 2020 ވަނަ އަހަރު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް ހުށަހަޅުއްވާފައިވާ، މިއިދާރީ ދާއިރާގެ ރަށު ކައުންސިލްގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

 

  1. ހައްދުންމަތީ އިސްދޫ ކައުންސިލް.
  2. ހައްދުންމަތީ ކަލައިދޫ ކައުންސިލް.
  3. ހައްދުންމަތީ ދަނބިދޫ ކައުންސިލް.
  4. ހައްދުންމަތީ މާބައިދޫ ކައުންސިލް.
  5. ހައްދުންމަތީ މުންޑޫ ކައުންސިލް.
  6. ހައްދުންމަތީ ގަން ކައުންސިލް.
  7. ހައްދުންމަތީ ފޮނަދޫ ކައުންސިލް.
  8. ހައްދުންމަތީ މާމެންދޫ ކައުންސިލް.
  9. ހައްދުންމަތީ ކުނަހަންދޫ ކައުންސިލް.

10. ހައްދުންމަތީ މާވަށް ކައުންސިލް.

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

19 ޖަނަވަރީ 2021
ހޯދާ